ޚަބަރު ސިޔާސީ

އިގުތިސާދު ބަނގުރޫޓުވިޔަ ނުދީ: ސަން ސިޔާމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގެ އިގުތިސާދު ބަނގުރޫޓުވިޔަ ނުދިނުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެމްޑީއޭގެ ލީޑަރު އަދި ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް) ގޮވާލައްވައިފިއެވެ.

Ads by Hajj Corporation

ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ސިޔާމް ވިދާޅުވީ މިއަދު ދުނިޔޭގެ ބަދަލުވަމުންދާ ވަޔާއި އޮއިވަރުގައި ރާއްޖެއަށް ވެސް އެތައް ގޮންޖެހުމެއް ކުރިމަތިވަމުންދާ ކަމަށެވެ. އެ ގޮތުން ދުނިޔެއަށް ކުރިމަތިވަމުން މި އަންނަ އިގުތިސާދީ ހީނަރުވުންތަކުގެ ސަބަބުން ދިރިއުޅުމަށް ކުރިމަތިވަމުން އަންނަ ދަތި އުނދަގޫތަކުން އަރައިގަތުމަށް އަރައިގަންނަން އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ސިޔާމް އިތުރަށް ވިދާޅުވީ އެތެރެވަރީގެ ބައެއް ޤައުމުތަކުގައި މިއަދު ކަންކަން ހިނގާ ގޮތާމެދު ވިސްނައި ރާއްޖޭގެ އިގުތިސާދު ބަނގުރޫޓުވިޔަ ނުދިނުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް މިހާރުން މިހާރަށް އެޅުމަށް ދައުލަތުގެ އެންމެހާ ފަރާތްތަކަށް ގޮވައިލާ ކަމަށެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

Ads by HDC
  1. ގުއިއްޒު

    މަމީނީ ހަމަ އަނގައިން ސޮނި ވެއްޓިފަ މީނަގެ މޮޅުކަމުން. ޢެސްއެސް 2023