ޚަބަރު ސިޔާސީ

އަޅުގަނޑަކީ ހުވާ މައްޗަށް ހުވާކޮށްގެން ހުރި މީހެއް, މީހުން އެ ފަތުރަނީ ދޮގުވާހަކަ: މާރިޔާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މި ހުންނެވީ ހުވާ މައްޗަށް ހުވާ ކުރައްވައިގެން ކަމަށާއި, ނަމަވެސް ދުލުގަ ހިފެހެއްޓުމެއްނެތި އިސްތިޤުލާލޭ މިނިވަންކަމޭ ކިޔައިގެން އެ ދައްކަނީ އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތް ދޮގު ވާހަކަތަކެއްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މާރިޔާ މިހެން ވިދާޅުވީ ރާއްޖެ ޓީވީން މިއަދު ގެނެސްދިން ޕްރޮގްރާމެއްގައި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާ ކަހަލަ އެއްވެސް އެއްބަސްވުމެއް އެބައޮތްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މާރިޔާ ވިދާޅުވީ އެއްބަސްވުންތަކުގެ ވާހަކަ ވަރަށް ހާމަކަން ބޮޑު ގޮތެއްގަ ރައްޔިތުން މަޖިލީހަށް ގޮސް އަކުރުން އަކުރަށް ކިޔައިދީފައިވާ ކަމަށެވެ. އަދި ޤައުމީ ސަލާމަތުގެ ކޮމިޓީގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް އެ ފެނިވަޑައިގަންނަވާނެ ކަމަށާއި, ޤައުމީ ދިފާޢީ ބާރުގެ ބޭފުޅުންނަކީ ހުވާކުރައްވައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ.

''އެއްބަސްވުންތަކުގެ ވާހަކަ ވަރަށް ހާމަކަން ބޮޑު ގޮތެއްގަ ރައްޔިތުން މަޖިލީހަށް ގޮސް އަކުރުން އަކުރަށް އެ ބޭފުޅުންނަށް ދައްކާ, އެއީ ރައްޔިތުންގެ ރެޕްރެޒެންޓޭޓިވްސް އެ ބޭފުޅުންނަށް ހަމަ ވަރަށް ހާމަކަން ބޮޑު ގޮތެއްގަ އެހެރީ ދައްކާފަ ވާހަކަތައް ފޯރުކޮށްދީފަ. ޤައުމީ ސަލާމަތުގެ ކޮމިޓީގަ ތިއްބެވި ހުރިހާ ބޭފުޅުންނަށް އެ ފެނިވަޑައިގަންނަވާނެ. ޤައުމީ ދިފާޢީ ބާރުގެ ބޭފުޅުންނަކީ ހުވާކުރައްވައިގެން ތިއްބެވި ބޭފުޅުން.''

ހަމައެހެންމެ އޭނާއަކީ ވެސް ވަކީލެއްގެ ހުވަޔާއި ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ހުވަޔާއި ކެބިނެޓް މެންބަރެއްގެ ހުވާކޮށްގެން ހުރި މީހެއްކަމަށް މާރިޔާ ވިދާޅުވިއެވެ. އެކަމަކު ދުލުގަ ހިފެހެއްޓުމެއްނެތި އިސްތިޤުލާލޭ މިނިވަންކަމޭ ކިޔައިގެން އެ ދައްކަނީ އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތް ދޮގު ވާހަކަތަކެއްކަމަށް މާރިޔާ ވިދާޅުވިއެވެ.

''ބައްލަވާ! އަޅުގަނޑު ވެސް އަޅުގަނޑުގެ ހަޔާތުގަ އަޅުގަނޑު ވަކީލެއްހެން ހުވާކުރިން. އަޅުގަނޑު ރައްޔިތުން މަޖިލީހުގެ މެންބަރެއްހެން ހުވާކުރިން. އަޅުގަނޑު ކެބިނެޓް މެންބަރެއްހެން ހުވާކުރިން. ހުވާމައްޗަށް ހުވާ.. ހަހަހަ.. ކޮށްގެން ހުންނަ މީހެއް އަޅުގަނޑަކީ ޙަޤީޤަތުގަ. އެކަމަކު ހަމަ ދައްކަންވީމަ ދެން ހަމަ ކީކޭ ދަންނަވާނީ ދުލުގަ ހިފެހެއްޓުމެއްނެތި އެ ދައްކަނީ ޤައުމުގެ އިސްތިޤުލާލޭ މިނިވަންކަމޭ ކިޔައިގެން, އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތި އެ ދައްކަމުންދަނީ. އެކަހަލަ އެއްވެސްކަމެއް ނުވެސް ހިނގާ. މާއްދާއެއް ވެސް ނީންނާނެ. ހަމަ ދުނިޔޭގަ ވެސް ދިފާޢީ ކަންކަން ގެންގުޅޭ ގޮތަށް.. އެ ނޫން ގޮތަކަށް އަޅުގަނޑުމެން ކަން ކޮށްފައެއް ނުވާނެ.''

މާރިޔާ ވިދާޅުވީ މިނިވަންކަމުގެ ވާހަކައަކީ ސިޔާސީ ވާހަކައެއް ނޫން ކަމަށާއި އެއީ ޤައުމީ ވާހަކައެއް ކަމަށެވެ.

Ads by Ooredoo
  1. އައި

    އެފޮތައް ކޮޅަށްވެސް އެރީ

  2. މަރިޔަމް މޫސާ

    ކޮން ދޮގުތަކެއް ހަދާކަށް. އުރުރު ތިލަފަޅު އިންޑިއާ ސިފައިންނަށް ދިނީމާ އިސްތިގުލާލަށް ބުރޫ ނާރާ ނަމަ ދެން އޖސްތިގުލާލަށް ބުރޫއަރާނެ ކަމެއް އޮންނާނެބާ؟؟ ކަލޭމޭމެން ކުރަނީ ދޮގުހުވާ. ދިން ގަބޫލުނުކުރަ ބަކު ނަމަކަށް ހުވާ ކުރިޔަސް އެ ހުވަޔަށް ތެދުވެރި ވާނެތަ. ތިޔަ ބުނާ އެގްރިމެންޓް ދުށް މެންބަރެއް މަޖިލީހަކު ނުހުންނާނެ. ދެން އަދިވެސް ދޮގު ހަދާ!

  3. މުންޖިޗޭ

    އެކަން ވަނީ ދިވެހި ރައްޔިތުންނަށް ލައިވްކޮށް ފެނިގެންގޮސްފަ. “މަތްވެންވާ އިސްލާމްދިނަށާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި…………. ޙުރުމަތްތެރިކޮށް ހިތުމަށް މާތްﷲގަންދީ ހުވައިކުރަމެވެ.” މިހެންބުނެ ހުވައިކޮށްގެން ހުރެ އެޤާނޫނުއަސާސީއަށް ފައިންއެރި މަންޒަރުވެސް ދިވެހިންދެކެފި. ތިޔަބުނާ ބަހުގެ ތެދުކަން އެވަރުންވެސް ހާމަވާނެ.

  4. ހަހަހަ

    މާރީގެ ވާހަކައިންވެސް އެނގޭ މިނިވަންކަމެއް ނެތްކަން ގާނޫނު އަސާސީއަށް ފައިން އެރިމީހާގެ ކޮން ހަޔާތެއް ދޮގު މުޅިތައް

  5. އެހެންވެތަ ﷲގެއިސްމުފުޅުތައްލިޔެފާވާފޮތަކަކަން ކޮޅުފައިންއެރީ