ލިވާތު ކުރާ މީހުންނަށް ފިޔަވަޅު އަޅަންޖެހޭނެ: ރައީސް މައުމޫން
ފާހިޝް ޢަމަލުތައް ކުރާ މީހުންނަށް ފިޔަވަޅު އަޅަންޖެހޭނެކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމު މިރޭ ވިދާޅުވެއްޖެއެވެ.
ދާދިފަހުން ވަނީ ރާއްޖޭގައި ލިވާތުކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޢާންމުވެފައެވެ. ނަމަވެސް އެ ވީޑިއޯތަކުން ފެންނަ މީހުންނަށް ފިޔަވަޅެއް ނާޅާތީ އެކަމާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ލިވާތުގެ ޙުކުމަކީ ކޮބައިތޯއާއި އެކަމާމެދު ސަރުކާރަށް ދަންނަވާނީ ކީކޭތޯ "ދެން" އިން ސުވާލު ދެންނެވުމުން ރައީސް މައުމޫން މިރޭ ވިދާޅުވީ ފާޙިޝް ޢަމަލުތަކުގެ ޙުކުމްތައް އެންމެންނަށް އެނގޭ ކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅުއްވަން ޖެހޭނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
''އެކިއެކި ފާޙިޝް ޢަމަލުތަކުގެ ޙުކުމް އެންމެންނަށް އެނގޭ. ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅުއްވަން ޖެހޭނެ.'' އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއަކީ އިސްލާމީ ޝަރީޢަތުގައިވާ ބައެއް ޙުކުމްތައް ތަންފީޒުކޮށް އަނެއް ބައި ޙުކުމް ތަންފީޒުނުކުރާ ޤައުމަކަށްވާއިރު, އެކަމަށް އޮތީ ކޮން ފިޔަވަޅެއްތޯ ސުވާލު ދެންނެވުމުން ވިދާޅުވީ އޮތީ ''ޤާނޫނީ ފިޔަވަޅު'' ކަމަށެވެ.
ޤާނޫނުލް ޢުޤޫބާތުގެ 412 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ތިމާއާ އެއްޖިންސުގެ މީހަކާއެކު ޖިންސީ މުއާމަލާތެއް ހިންގާ މީހާކުރަނީ ކުށެއް ކަމަށެވެ. ޖިންސީ ކުށުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) އަދި (ށ)ގައި ބުނެފައިވަނީ މީހަކު ޖިންސީ އަމަލެއް އޭނާއާ އެއްޖިންސުގެ މީހަކާއެކު ރުހުމުގައި ނުވަތަ ނުރުހުމުގައި ހިންގި ނަމަވެސް އެއީ ކުށެއް ކަމަށެވެ.
ޢާންމުވެފައިވާ ވީޑިއޯތަކުގައި ފެންނަނީ ބަންގްލަދޭޝްގެ އެމްޑީ ޢާލަމްގީރީ ނަމަކަށް ކިޔާ މީހަކު (ރާއްޖޭގައި އޭނާ މަޝްހޫރުވެފައިވަނީ ''އަލަމްގިރި'' ގެ ނަމުން) ރާއްޖޭގެ ބައެއް މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގުން ނުވަތަ ލިވާތުކުރާ މަންޒަރެވެ.
އެ ވީޑިއޯތަކުން ފެންނަ މީހުންގެތެރޭގައި އަމިއްލައަށް އިސްތިއުފާދެއްވި ކުރީގެ ރައީސް ކެނެރީގޭ މުޙައްމަދު ނަޝީދު (އަންނި) ގެ ކޮއްކޮ, މަޝްހޫރު ޤާނޫނީ ވަކީލު ނާޒިމް ޢަބްދުއްސައްތާރާއި, ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރެއްކަމަށްވާ ކާނަލް މުޙައްމަދު ނަޝީދު ހިމެނޭކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އޭގެ އިތުރުން ދިވެހި ފުލުހަކު ވެސް އަލަމްގިރިއާއެކު ވީޑިއޯއިން ފެންނަކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
ދާދިފަހުން ޢާންމުވި ވީޑިއޯއެއްގައި އަލަމްގިރި ވަނީ ކެނެރީގެއަށްދާ ކަމަށާއި ނާޒިމް ''ލާރި ދެނީ'' ކަމަށް ވެސް ބުނެފައެވެ. އެ ގޮތުން އެކި އަދަދުތަކުން ޑޮލަރާއި ދިވެހި ފައިސާ އޭނާގެ މުށުތެރެއަށް ލައިދޭކަމަށް ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން އަލަމްގިރިއާއެކު ލިވާތުކުރީ އެންމެ މީހެއް ދެ މީހުންނެއް ނޫނެވެ. އެ ޢަދަދު 250 އަށްވުރެ މައްޗަށް އަރާކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ރަސްމީ އިދާރާއަކުން އެފަދަ މަޢުލޫމާތެއް އަދި ކަށަވަރެއްނުކޮށްދެއެވެ.
ވީޑިއޯތައް ޢާންމުުވުމާއެކު ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ވެސް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އަލަމްގިރި ފިޔަވައި އެހެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އޭނާ ވެސް ހައްޔަރުކުރީ އެހެން ތުހުމަތަކަށެވެ. އެކަމަކު ނާޒިމާއި ކާނަލްގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް ބުނެއެވެ.
މީނަގެ ދުވަސްވަރު ފިޔަވަޅު އެޅިތަ؟ގާތް މީހުން އެކަންކުރިއިރު ފިޔަވަޅު ނާޅާ މިހާރު ކޮން ވާހަކައެއްތޯ މި ދައްކަނީ.
ފިޔަވަޅެއް ނާޅާނެ އެއީ އިންޑިއާ ރުއްސަން އިންޑިއާގަވެސް އެއެްްޖިންސުން ކައިވެނި ކުރުންވެސް ހުއްދަ ހަށި ވިއްކުންވެސް މިހާރު ހުއްދަ ކޮށްފި . ޢެހުރިހާ ކަމެއް މިރާއްޖޭގަ ވެސް ފަތުރާނެ. އެކަން ކުރާ ބަޔަކަށް އަދަބެއް ނުދޭނެ. އޭރުންތާ މީހުންތައް މަގުފުރެދޭނީ .މުސްލިމުންނަށްވެ ތިބެ ނަހީކުރެއްވިހާ ކަމެއް ކުރާނަމަ މޯދީ ކިހާ އުފާވާނެ.
ކޮއްކޯފުޅެއްވެސް މުޅި އުމުރު ދުއްވާލީ މޯކުޅީގަ. ފިޔަވަލު އެޅުނުތަ. ފިރިހެނުންނާ އެޅުނީއުތަ؟
ބައެތް ބޭފުޅުން ގެގޮތަކީ އަގަޔަށް މީހަކު ބަހެން ލާދިނީމަ އެބަސް ނެރެވޭ ބޭފުޅުން ނޫނީޗިއްޕުވެސް ނުބުނެވެ
މައުމޫނު 30 އަހަރުވަންދެކަށް މިރާއްޖޭގައި ވެރިކަންކުރީ ބަންގުރަލާއި އޫރުމަސް ގުދަންކޮށްގެން އޭވިއްކުމުގައި ނުންތޯ އެއީ ގޯސްކަމެއްތޯ ؟