ލިވާތުކުރި ދެ މީހުން ހައްޔަރަށް, ފުލުހުން ވިދާޅުވީ ނުފޫޒު ނުފޯރުވާ ކަމަށް
ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، އުމުރުން 35 އަހަރުގެ ފިރިހެނަކާއި 45 އަހަރުގެ ފިރިހެނެކެވެ. އޭގެ ތެރެއިން އެކަކީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ކަން ވަނީ އެނގިފައެވެ.
ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ބައެއް ވިޔަފާރިވެރިން ހިމެނޭހެން 200 އެއްހާ މީހުން އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށްވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަޙްޤީޤަށް އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޮރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާކަމަށް ފަތުރާފައިވާ ޚަބަރަކީ އެއްވެސް އަސާސެއްނެތް ދޮގުތުހުމަތެއްކަމުގައި ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، އެއްވެސް ފަރާތަކުން މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށާއި މިމައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ ކަމަށެވެ.
"ވަނަވަރު ހާމަކުރުމުގައި ފުލުހުން އަމަލުކުރާ އާންމު މިންގަނަކީ ކޯޓަށް ހާޒިރު ކުރުމަށް ފަހު، ހާމަކުރަންޖެހޭ މައްސަލަތަކުގައި ވަނަވަރު ހާމަކުރުން،" އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރާ މީހުންގެ ވަނަވަރު ހާމަނުކުރަނީ ކީއްވެތޯ ފުލުހުންނާ ސުވާލު ކުރުމުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ވީޑިއޯއާއި ފޮޓޯތައް އާންމުވި ވަގުތު ބައެއް ފަރާތްތަކުން އެކި މަގްސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައި އާންމުކުރުމާއި މިފަދަ ވިޑީއޯތަކުގައި ބައެއް ފަރާތްތައް ހިމެނޭކަމަށް ގަސްތުގައި ދޮގު ޚަބަރު ފަތުރައިގެން މީހުންގެ އަބުރަށް އަރައިގަތުމަށާއި ބަދުނާމުކޮށް ޖިނާޢީ އަދުލުގެ ނިޒާމްގެ ބޭނުން ނަހަމަގޮތުގައި އެފަދަ މީހުން ނުރުހޭ މީހުންގެ މައްޗަށް ހިންގުމަށް މަގުފަހިކުރުވުމަށް މަސައްކަތްކުރަމުންދިޔަަކަމަށް ފާހަގަކުރެވޭތީ މިފަދަ ފޮޓޯއާއި ވީޑިއޯ ހިމެނޭ މައްސަލަތަކުގައި ތަހުގީގީ ވަކި ފިޔަވަޅުތަކެއް ފަރުދީގޮތުން މީހުންނާއި މެދު އެޅުމުގެ ކުރިން ވީޑިއޯއާއި ފޮޓޯތަކުގެ ފޮރެންސިކް ތަހުލީލުތައް ފޮރެންސިކް ސަރވިސްއިންކޮށް، ވީޑީއޯއާއި ފޮޓޯތަކުގެ ސައްހަކަށް ކަށަވަރުކޮށް އެފަދަ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ އައިޑެންޓީޓީ ފޮރެސިކް ތަޙްލީލުން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުުހުންވަނީ މިގޮތުން ޖިނާޢީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއްކަން ފާހަގަކޮށްފައެވެ.
އަދި ވިދާޅުވީ، މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވީޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މިމައްސަލަތަކުގައިއެ ފަރާތުން ހިންގަމުނުް އަންނަ ކަމަށެވެ. މިގޮތުން މިހާރު، ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މި ފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ޤާރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައްތަހުގީގު ކުރަމުންދާކަން އަންގަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އިވޭއަޑުތަކައްބަލާއިރުު ލައްކަބައިވަރުމީހުންްގެެ ވީޑިއޯލިބުނުކަމައްް އަޑުތައްހުރީީ އެކަމަކުު މިއޮއްހާދުވަސްކޮއްފަަ އެންމެެ ދެމީހުންް ހައްޔަރުކުރީމާާ ތިކަމުގައިި ލައްކަގިނަަ ބާރާއިި ނުފޫޒުު ހުރިކަމައްް ޝައްކުކުރުމުގެެ ފުރުސަތުު އޮވެދާނެެ އަޅެހަމަަ ހަމަހަމަަ އިންސާފައިއިތުބާރުއުފެއްދޭނެެ ގޮތަކައްް ބައްލަވާދެއްވިއްޖެއްޔާާ ރައްޔިތުންްގެެ އިތުބާލިބިދާނެކަމައްް ހިޔެއްނުވޭތަަ