މި ސަރުކާރު ގެންނަން އުޅުނު އެންމެން ތިބީ އެއް ޖާޑިއެއްގައި, އެއީ ލިވާތު ޖާޑި: ޝިޔާމް

މި ސަރުކާރު ގެންނަން މަސައްކަތް ކުރި އެންމެން ތިބީ އެއް ޖާޑިއެއްގެ ތެރޭގައި ކަމަށާއި, އެއީ ލިވާތު ޖާޑިކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޝިޔާމް ވިދާޅުވީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ކިބައިގައި ހުރިހާ ކަމަކާ ކުރިމަތިލެއްވުމުގެ ހިތްވަރު އެބަހުރި ކަމަށެވެ. އަދި މި ޤައުމުގެ ހާލަތު ހުރި ގޮތް އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެ ހާލަތު ބަދަލުކުރެއްވުމަށް އެ ގެންގުޅުއްވާ ޖޯޝާއި ރޫޙު ރައްޔިތުންނަށް ފެންނަކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރުން އިންޑިއާއާއެކު ހިންގާ ޖަރީމާތަކާމެދު އެއްޗެއް ވިދާޅުވާން ކެރިވަޑައިގެންނެވި އިތުރު ލީޑަރެއް ނެތް ކަމަށެވެ.
''ސަރުކާރުތެރޭ ނެތީ ކޯއްޗެއްތޯ. ވައްކަން އިންތިހާއަށް. ދީނަށް ފުރައްސާރަކުރުން ޢާންމުކަމަކަށް ވެއްޖެ. މިއަދު ފާޑެއްގެ ކުޅިވަރެއްގެ (ލިވާތުކުރުން) ވާހަކަ މި އަޑުއިވެނީ. ސަރުކާރު ކޯލިޝަނުގައި ތިބި އެކިއެކި ޕާޓީގެ ލީޑަރުން އެބަ ތިއްބެވި ސަރުކާރުތެރޭގަ އެލިގަނެގެން. ނަމަވެސް ކާކުތޯ އެއްޗެއް ވިދާޅުވީ. ކޮން ލީޑަރެއްތޯ ދިވެހި ރައްޔިތުންގެ ޙައްޤުގަ އެއްޗެއް ވިދާޅުވީ.''
''ދެން މިއަދު ތިމަންނަމެން މީ ސަރުކާރުގަ ތިިބި ބައެއް ނޫނޭ, ސަރުކާރާ ގުޅޭ ޕާޓީއެއް ނޫނޭ އަދި ވިދާޅުވިޔަސް ދިވެހި ރައްޔިތުން މި ކަންކަމެއް ގަބޫލެއް ނުކުރާނެ.''
ޝިޔާމް ވިދާޅުވީ ސަރުކާރު ގެންނަން އެ އެންމެން ވެސް މަސައްކަތް ކުރި ކަމަށާއި އެހެންކަމުން އެ މީހުން ސަރުކާރާ ފޭވާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި ސަރުކާރު ގުނާއިރު އެ އެންމެން ވެސް ގުނޭނެ ކަމަށެވެ.
''ދިވެހިރާއްޖޭގަ ޕީޕީއެމް/ޕީއެންސީ ފިޔަވައި ދެން މި ތިބި ހުރިހާ މީހުން މި ތިބީ ޖާޑިއެއްގަ. އެއީ ލިވާތު ޖާޑި ކިޔަންވެއްޖެއްޔާ ލިވާތު ޖާޑި ވެސް ކީދާނެ.'' ޝިޔާމް ވިދާޅުވިއެވެ.
ރައްޔިތުން ހޭއަރާ ތިބޭތި ވަގުންގެ ފޮށި ބާރަށް ބަންނާނެ
ތިމީހުންވެސްތިތިބީހަމަ އެއްޖާޑިއެއްގަ އެއީ ވަގުޖާޑި މިހާރު ތެޔޮވިއްކަނީ ކިހާވަރަކައްބާ ޗަކޮއެ
ތިހެން ކަމުގަ ވަނީ ނަމަ، އެ އުޅޭ ޖަމީލު ވެސް އެއީ ލިވާތު ޖާޑީގެ މީހެއްތާ.