ޚަބަރު ޝަރުޢީ ދާއިރާ

ފިލްމީ ތަރި ހުނޫ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދަޢުވާ އުފުލާފައިވާ ފިލްމީ ތަރި ހުނައިސާ އާދަމް (ހުނޫ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

Ads by Hajj Corporation

ހުނޫ ދޫކޮށްލީ ކްރިމިނަލް ކޯޓުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމުގައެވެ. ހުނޫ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ފެނުނު މަސްތުވާތަކެއްޗާ އޭނާއާއި ގުޅުވައިލެވޭނެ ހެއްކެއް ނެތުމުންނެވެ.

ކްރިމިނަލް ކޯޓުން ހުނޫ ދޫކޮށްލަން ކުރި އަމުރުގައި ވަނީ މަސްތުވާތަކެތި ފެނުނު ތަނަކީ އޭނާ ދިރިއުޅޭ ތަނެއް ނޫން ކަމަށެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު މާކުރިން ވެސް ނަގާފައިވާކަން އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން މިއަދު ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ހުނޫ އޭނާގެ ލޯބިވެރިޔާއާއެކު މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހުނޫގެ މައްޗަށް ދަޢުވާ އުފުލީ މިދިޔަ މާޗު 28 ގައެވެ. ހުނޫގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދަޢުވާއާއި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު 01 ގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދަޢުވާއެވެ.

Ads by HDC
  1. ވާނުވާ.

    ހިލޭ ފިރިހެނަކާއެކު އެކަހެރިކޮށް ތަނެއްގައި ތިބުން މިޤައުމުގައު މަނާނުވަނީ؟ އެކަމަށް ދައުވާ ނުކުރަނީ؟