ކޯލިޝަނެއް ބޭނުމެއް ނޫން, ފުރަތަމަ ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނަން: ސިޔާމް

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދައިކަމަށް އެ ޕާޓީގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީއޭގެ އަސާސީ ޤަވާއިދު އިސްލާހުކުރަން މިއަދު ހަވީރު ހ.މީރުމާގައ ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކައިގައި ސިޔާމް ވިދާޅުވީ ވެރިކަމަށް އައުމަށްޓަކައި ކޯލިޝަން ހެދުމަކީ އެ ޕާޓީން ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި, އެ ޕާޓީން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދާނެ ކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީއޭގެ ފަރާތުން ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ސިޔާމް ވިދާޅުވީ އެ ޕާޓީގެ އަމާޒަކީ ފުރަތަމަ ބުރުން ވެސް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން ކަމަށެވެ.
އެމްޑީއޭގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ލީޑަރުގެ ނަން ރައީސްގެނަމަށް ބަދަލުކުރަން ވެސް ފާސްކޮށްފައެވެ.
ތިކަންވާނެ އަދީބް ބުރޯ ގުޅިއްޖެއްޔާ ނުންތޯ !