ޤިޞާޞް ހިފަންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމިން ވިދާޅުވީ މަރަށް މަރު ހިފަންޖެހޭކަމަށް 'ޕެޕަޝޭނޭޓްލީ'' އެ މަނިކުފާނު ގަބޫލުކުރައްވާ ކަމަށާއި, ކުރިން ވެސް ދެކެވަޑައިގަންނަވަނީ އެ ގޮތަށް ކަމަށެވެ.
''އަޅުގަނޑު ގަބޫލުކުރަން ޤިޞާޞް ތަންފީޒު ކުރަންޖެހޭނެ ކަމަށް. އެއީ އަޅުގަނޑުގެ ވިއުއަކަށް ބަދަލެއް ނާދޭ.''
ނަމަވެސް އެއީ އެ މަނިކުފާނު އެކަނި ނިންމާކަމެއް ނޫން ކަމަށާއި, ޤާނޫނުއަސާސީގަ އޮންނަނީ ކޮންމެ ރައީސަކު ވެސް ބޮޑެތި ކަންކަމުގައި ގޮތް ނިންމަންވާނީ ކެބިނެޓުގެ މަޝްވަރާގެ މަތިން ކަމަށެވެ. އަދި އެ މަނިކުފާނުގެ ދައުރުގައި ޤިޞާޞް ހިފުމުގެ މައްސަލަ ކެބިނެޓަށް ގެންދިޔައީ ޤިޞާޞް ހިފަންޖެހޭނެކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.
ރައީސު ކަމަށް ކުރިމަތި ލާމީހުން ފުރަތަމަ ކުރަންވީ ކަމަކީ އިސްލާމް ދީނުގެ އަސާސީ ކަންކަން ދަސްކުރުން، ގުރޭޑް1ޮ 10 11 12 ގެ އިސްލާމް ފޮތް ރަގަޅަށް ކިޔާ އޭގައި ހުރިއެއްޗެހި ރަގަޅަށް ދަނެގަނެ އުގެނުން ވަރަށް މުހިންމު !
ރިބާ ކެއުންވެސް ހުއްޓުވަންޖެހޭ، ރިބާގެ އެންމެހައި މުޢާމަލާތަކީ ހަރާމް އެއްޗެއް ހުއްޓުވަން ޖެހޭ ކަމެއް ! ޤިސާސު ހިފަން އެންގި ފަރާތުން މިވަނީ ހަމަ ރިބާ ކެއުން ވެސް ހަރާމް ކުރައްވާފައި ! ރިބާގެ ސަބަބުންވެސް މުޖުތަމައު ހަލާކުވެ ގެއްލުވަނީ ހަމަ އިންސާނާގެ ނަފުސަށް ! ނަފުސާއި މުދާ ހިމާޔަތް ކުރަން ރިބާގެ އެންމެހައި މުޢާމަލާ ހުއްޓުވަން ޖެހޭ !
ރާއްޖޭގެ ރައީސުކަން ކުރައްވާ ބޭފުޅުން އެނމެ ކުޑަމިނުން ގުރޭޑް 9 10 11 12 ގެ އިސްލާމް ފޮތް މުރާޖާ ކޮށް އޭގައި ހުރި އިސްލާމް ދީނުގެ އެންމެ އަސާސީ ކަންކަން ރަގަޅަށް އުގެނި ދަސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެން !