ޚަބަރު

އެއްވެސް ގިރިއަކަށް ވެސް އަޅުގަނޑު އަރާފައެއް ނެތް, ރައީސްކަމަށް ހޮވައިދެއްވާ: ޖާބިރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޖާބިރު. ފޮޓޯ: ސަން

2023 ގައި އޮތް ހަމައެކަނި ޗޮއިސްއަކީ ހަމައެކަނި އޭނާކަމަށާއި އޭނާއަށް ތާއީދު ކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މިއަދު ގޮވާލައްވައިފިއެވެ.

Ads by STELCO

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓަކީ އޭނާ ކަމަށާއި, އެހެންވީމާ ހުރިހާ ބޭފުޅުން ވެސް އެކަން ގަބޫލުކޮށްގެން ތާއީދުކުރައްވަންޖެހޭ ކަމަށެވެ.

އަދި އޭނާއަކީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ޖެހިފައިވާ މީހެއް ވެސް ނޫން ކަމަށާއި ''ތިޔަ ވިދާޅުވާ ގިރިއަކަށް ނުވަތަ އެއްވެސް ފަރަކަށް'' އަރާފައެއް ވެސް ނުވާ ކަމަށެވެ.

''މިއަދު އަޅުގަނޑު މިހުރީ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓަކަށް. އެހެންވީމަ ހުރިހާ ބޭފުޅުން ވެސް އެކަން ގަބޫލުކޮށްގެން އަޅުގަނޑަށް ތާއީދުކުރަންވީ. އަޅުގަނޑު އެކަނި އޮތީ ޗޮއިސްއަކަށް ވެސް. އެއީ މި ދެންނެވި ޗޮއިސްއަކަށް ވަނީ ކީއްވެ. އަޅުގަނޑު އެކަންޏޭ ހުރީ. ދެން ނެތޭ މީހަކު. ތިޔަ ބުނާ އެމްއެމްޕީއާރްސީ ލިސްޓްގަ ޖެހިފައެއް ނެތް އަޅުގަނޑެއް. ތިޔަ ވިދާޅުވާ ގިރިއަކަށް ނުވަތަ އެއްވެސް ފަރަކަށް އަޅުގަނޑު އަރާފައެއް ނެތް.''

ޖާބިރު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމިން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުން ވަރަށް އަވަސް ކުރަންޖެހޭ ކަމަށެވެ.

''އޭރުންތާ އިންތިޚާބަށް އަޅުގަނޑަށް އެކަނި ވާދަކުރެވޭނީ. އެ ގޮތޭ ރާއްޖެއަށް އޮތީ މިއަދާ ހަމައަށް.'' ޖާބިރު ވިދާޅުވިއެވެ.

Ads by HDC
  1. އަބްދޫ

    ހޮނޑަައިދޫން ދހޮނވެލި މުށްވަރެއް ނަންގަވައިގެން އުޅުއްވަނިކޮށް ފެނުނު . ގާނޫނުއަސަސީގެ 109 ވަނަ މާއްދާގެ ދަށުވެދާނެތީ ފިލި މީހާނޫންތަ ތިޔައީ. ވެރިކަމަށް އަންނަންނޫޅޭ 1% ވޯޓް ވެސް ނުލިބޭނެ.