ގާސިމްގެ ފިކުރު ރާއްޖޭގެ ކަންކޮޅުތަކަށް ގެންގޮސް ދޭން އަނބިކަބަލުން ނަޙުލާ އެދިވަޑައިގެންފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފިކުރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށްދޭން އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޓްރާންސްފޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެދިވަޑައިގެންފިއެވެ.
ނަހުލާ މިހެން ވިދާޅުވެފައިވަނީ، ރޭ ޖޭޕީ އަށް ޒުވާނުންތަކެއް ސޮއިކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަމުންނެވެ.
ނަހުލާ ވިދާޅުވީޖޭޕީގެ މަގުސަދަކީ ފޮޓޯއެއް ނެގުމަށްފަހު ޕާޓީ އަށް ބޯ އިތުރުކުރުން ނޫން ކަމަށާއި ޕާޓީއާ ގުޅޭ ކޮންމެ މެމްބަރަކު ވެސް ޕާޓީ އަށް މެމްބަރުން އިތުރުކޮށްދީ ޕާޓީގެ މަގުސަދަކީ ކޮބައިކަން ކިޔައިދޭންޖެހޭ ކަމަށެވެ.
"ގާސިމް އިބްރާހިމްގެ ފިކުރަކީ، ޖުމްހޫރީ ޕާޓީގެ ފިކުރަކީ ކޮބައިކަން ރާއްޖޭގެ ކަންކޮޅުތަކަށް ތި ކުދިންގެ ފަރާތުން ގެންދިޔުން. ގާސިމް ކޮށްދެއްވާފައި ހުރި ކަންތައްތަކާއި ގާސިމްގެ ހިތުގައި ދީނާއި ވަތަނަށްޓަކާ އޮތް ލޯތްބާއި މި ޕާޓީގެ ކައުންސިލް މެމްބަރުންގެ ވިސްނުމާއި ފިކުރާއި ހުރިހާ ދިމާލަކަށް ފުޅާކުރުން." ޖޭޕީގެ މަގުސަދު ހާމަކުރަމުން ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވަނީ ޖޭޕީ އަކީ ޒުވާނުންނަށް ފުރުސަތު އޮތް އަދި ފުރުސަތު ފަހިވެފައިވާ ޕާޓީއެއް ކަމަށާއި ޕާޓީއާއެކު އިތުރަށް ކުރިއަށް ދެވޭނެ މަގުތައް ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ޖޭޕީން އިއުލާންކޮށްފައިވާއިރު އެ ޕާޓީން އަންނަނީ މެމްބަރުން އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްތަކަށް އެ ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ ބޭފުޅުން އަންނަނީ ދަތުރުތައް ކުރަމުންނެވެ.
ގާސިމް އަތުގަ ފައިސާ ހުރި ވަރަށް ފައިސާ ލިބުނުދުވަހަކުން ތިޔަފިކުރާމެދު ވިސްނާނީ؟!
ނަހުލާ ކަލ މުސްކުޅިވިޔަސް ތިކަމެއް ނުވާނެ އެންމެން ދިނަސް މަގޭ ކޮންޓްރޯލް ކުރާވޯޓް ސިކުނޑި އަށް ތިއަސަރު ނުފޯރާނެ
ގާސިމުގެފިކުރު ރިސޯޓްތަކަށާއި ގެސްޓްހައުސްތަކަށް ގެންގޮސްދިނީ ނަހުލާއެއްނު އަތޮޅުތެރެއަށް ނަހުލާ އެފަދަ ދަތުރެއް ކޮށްލަނިކޮށް ނަހުލާގެފިކުރު ފެތުރިދާނެ