ޚަބަރު

ޔާސިރު ޔަޙްޔާގެ މަރާއި ގުޅިގެން ސަރުކާރަށް އިންޒާރެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ސީރިއާއަށް ހަނގުރާމައަށް ދިޔަ ދިވެއްސަކު، ބަޑިޖަހަން ދަސްކުރަނީ

ދިވެހި އަންހެނަކާއި ކައިވެނި ކޮށްގެންް ރާއްޖޭގައި ދިރިއުޅެމުންދިޔަ ޔާސިރު ޔަހުޔާ ޞާލިހު ގެ މަރާއި ގުޅިގެން ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންތަކެއް ހިންގާ ބިލާދް އަލް ޝާމް މީޑިއާ ގްރޫޕުން ސަރުކާރަށް އިންޒާރުދީފި އެވެ.

ޓެރަރިޒަމްގެ ގިނަ ތުހުމަތުތަކެއް އުފުލުނު ޔާސިރު ޔަޙުޔާއަކީ ޓެރަރިސްޓު ޖަމާޢަތެއްކަމަށްވާ އަލްގައިދާ ޖަމާޢަތުގެ އިސް މީހެއް ކަމަށާއި، ހަނގުރާމައަށް ދިވެހިން ފޮނުވުމަށް މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށް ސަރުކާރުން ވަނީ ތުހުމަތު ކޮށްފައެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން އޭނާ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ހައްޔަރު ކޮށްފައި ބެހެއްޓިއެވެ. ބަނޑުހައި ހޫނުކަމުގެ ހަޅުލާތެއް ހިންގުމުގެ ސަބަބުން ބަލި ހާލަތު ދަށްވެ، އެކި ފަހަރުމަތިން އޭނާއަށް ވަނީ ފަރުވާ ދީފައެވެ.

އޭނާގެ މަރާއި ގުޅިގެން ފުލުހުންނާއި، އިމިގްރޭޝަން އަދި ކަރެކްޝަންސުން ނެރުނު ޖޮއިންޓް ނޫސް ބަޔާނުގައި ބުނެފައިވަނީ ޔާސިރު ޔަހުޔާ މަރުވީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ދަނިކޮށް، ސްޓްރޯކެއް ޖެހިގެން ކަމަށެވެ. މިދިޔަ އާދީއްތަ ދުވަހު ޔާސިރު ނިޔާވިއިރު އޭނާ ވަޅުލާފައިވަނީ އިއްޔެ އާސަހަރާގައެވެ.

ޔާސިރު ޔަހުޔާގެ މަރާއި ގުޅިގެން ބިލާދް އަލް ޝާން ގްރޫޕުން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ޔާސިރާއިމެދު ޢަމަލު ކޮށްފައިވަނީ ވަރަށް ނިކަމެތިކޮށް ކަމަށާއި ތިން އަހަރުވަން ދެން އެއްވެސް ދައުވާ އެއް ނުކޮށް ޝަރީއަތް ކުރުމެއް ނެތި ޔާސިރު ބަންދު ކޮށްފައި ބެހެއްޓުމަކީ އިސްލާމް ދީން ދަސްކޮށްދީފައިވާ ކަންތައްތަކާއި ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށެވެ.

މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ ޖުޑީޝަރީ އިސްލާހު ކުރުމާއި އިންސާފުގެ ނަމުގައި ސިޔާސީ ފަރާތްތަކުން ކުޅެމުންދާ ގޭމުތަކަށް ރައްޔިތުން ހޭލައި، ވިސްނަންޖެހޭ ކަމަށެވެ. އަދި ކޮރަޕްޝަނުން ފޯވެފައިވާ ސަރުކާރުތަކުން ބާރު ދީގެން، މައުސޫމު ރައްޔިތުންގެ ފުރާނަތައް ގެއްލުވާލަމުންދާ ބޭއިންސާފުގެ ސިލްސިލާ ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް ބިލާދް އަލް ޝާމް ގްރޫޕުން ބުނެފައިވެ އެވެ.

ޔާސިރު ޔަޙްޔާގެ މަހާނަ/ ފޮޓޯ: ޢާލިމް އަބްދުއްލަތީފު، ދެން އެމްވީ

Ads by Ooredoo
  1. ބުއްދި

    ލިޔުންތަކުގަ ހުންނަ އިންޒާރު އެނގޭތަ؟ ކޮބައިތަ އޭގަ އިންޒާރެއް. ތީތަ ޒިންމާދާރު ނޫސްވެެރިކަމަކީ

    • މާދަމާދެކޭމީހާ

      މާތްކަލާކޮއްޓަކާ ދެލޯފުޅާ ރަނާ ބުދާ އެއްޗެއްނުބުނޭ އެއީ އެބުނާ ރަންޒަމާނުގަ ހަދާނީ ލިއުމެއް ދީގެން އުފެއްދި ޖާނަލިސްޓުންނޭ