ޚަބަރު ރައްޔިތުންގެ މަޖިލިސް

ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ލިވާތުގެ ކުށާއި ސިހާގުގެ ކުށް ހިމަނަން ހުށަހަޅައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޤާސިމް އަދި ރައީސް ޞާލިޙް

ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ލިވާތުކުރުމުގެ ކުށާއި ސިހާގުކުރުމުގެ ކުށް ހިމަނަން އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

Ads by Hajj Corporation

ލިވާތުކުރުމަކީ ފިރިހެނަކު ފިރިހެނަކާ ޖިންސީ ގުޅުން ހިންގުމެވެ. ސިހާގުކުރުމަކީ އަންހެނަކު އަންހެނަކާ ޖިންސީ ގުޅުން ހިންގުމެވެ.

ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޮޑެތި ކުށްތަކުގެ ތެރޭގައި, މި ދެ ކުށް ހިމަނަން އިސްލާހު ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމެވެ.

އެއް ޖިންސުން ގުޅުން ހިންގުމަކީ ވަރަށް އާދައިގެ ކުށެއް ކަމަށް ދެކި އެފަދަ އަމަލުތައް ކުރާ މީހުން ތަޙްޤީޤު މަރުހަލާގައި ފަސޭހައިން މުޖުތަމަޢު ތެރެއަށް ދޫކޮށްލެވިފައި ތިބޭނަމަ, ޝަރީޢަތުގެ މަރުހަލާ ނިމުމުގެ ކުރިން އެހެން ބަޔަކާއެކު އެފަދަ ނުބައި އަމަލެއް ހިންގުމުގެ ފުރުސަތު އޮންނަ އޮތުމަކީ މި އިސްލާހު ހުށަހެޅުއްވި އެއް ސަބަބެވެ.

އެފަދަ އަމަލުތައް ކުރާ މީހުންނަކީ މުޖުތަމަޢުއަށް ނުރައްކާތެރި ބައެއްކަމާއި, އެފަދަ މީހުންގެ ވަަސްވާސް އެ މީހުންގެ އަމިއްލަ ޢާއިލާއަށާއި, މުޅި މުޖުތަމަޢުއަށް ފޯރުމުގެ ކުރިން އެކަހެރިކުރަންޖެހޭކަމަށް ވެސަ ޤާސިމް ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

''މިއީ ނުހަނު ބޮޑު ޖިނާއީ ކުށެއްކަމާމެދު ޝައްކެއް ނެތެވެ. އެހެންކަމުން ރާއްޖޭގެ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައި ބޮޑެތި ކުށްތަކެއްކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި މި ކުށް ހިމެނިފައި އޮންނަންޖެހޭކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ.''

މި ކަންކަމަކީ މަޖިލީހުގެ މެންބަރުން ވަރަށް ސީރިއަސްކޮށް ވިސްނަވަންޖެހޭކަމެއް ކަމަށް ވެސް ޤާސިމް ހުށަހެޅުއްވި އިސްލާހުގައިވެއެވެ. ޤާސިމް ވަނީ މިކަމުގައި މެންބަރުންގެ ތާއީދަށް ވެސް އެދިވަޑައިގަންނަވައިފައެވެ.

  1. ނާޅި

    ރިބާ ކެއުން ރިބާގެ އެންމެހައި މުޢާމަލާތަކިީވެސް އަދި ބަނގުރާ ވިއްކުން އޫރުމަސް ވިއްކުން މީވެސް ވަރަށް ބޮޑެތި ފާފަތަކެއް ބޮޑެތި ކުއްތަކެއް ނުންތޯ !