ޚަބަރު ސިޔާސީ

''އިންޑިއާ އައުޓް'' ކެމްޕެއިނުގެ އެޖެންޑާއަކީ ނަފުރަތު, ދިވެހިން ނަފުރަތަކަށް ނުވިކޭނެ: ޝާހިދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިންޑިއާގެ ބޮޑުވަޒީރު މޯދީ އަދި ޝާހިދު '

ރާއްޖޭގައި ހިންގާ ''އިންޑިއާ އައުޓް'' ކެމްޕެއިނުގެ އެޖެންޑާއަކީ ހުށަހަޅާނެ އެއްޗެއް ނެތް ބަޔަކު ހިންގާ ކެމްޕެއިނެއް ކަމަށާއި, އެ މީހުންގެ އެޖެންޑާއަކީ ''ނަފުރަތު'' ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝާހިދު މިހެން ވިދާޅުވީ އދ. ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ އޭ.އެން.އައި ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އެ ބަސްދީގަތުމުގައި ޝާހިދު ''އިންޑިއާ އައުޓް'' ކެމްޕެއިން ސިފަކުރެއްވީ ސިޔާސީ, އިޤުތިސާދީ, އިޖުތިމާޢީ އަދި ތަރައްޤީގެ އެޖެންޑާއެއް ނެތް ބަޔަކު ހިންގާ ކެމްޕެއިނެއްގެ ގޮތުގައެވެ.

ޝާހިދު ވިދާޅުވީ ''އިންޑިއާ އައުޓް'' ކެމްޕެއިން ހިންގާ މީހުންގެ އެޖެންޑާއަކީ ނަފުރަތު ކަމަށާއި, އެކަން ހިންގާ މީހުން ރައްޔިތުންނަށް ވަޢުދުވާ ކަމަކީ ވެސް އެއީ ކަމަށާއި, ދިވެހި ރައްޔިތުން ނަފުރަތަކަށް ނުވިކޭނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ އިންޑިއާއަށް ދެކޮޅަށް ހިންގާ ކެމްޕޭނަކީ ދޮގު މަޢުލޫމާތުގެ މައްޗަށް ބިނާވެފައިވާ ކެމްޕޭނެއް ކަމަށެވެ.

  1. ަފަރޭ

    ނަފުރަތު އޮތީ މި ލާއިންސާނީ މައްކާރުންގެ ސަރުކާރަށް އިންޑިއާ އައުޓަކީ މި މާތް އިސްލާމްދީނާ މި ލޮބުވެތި ގައުމުގެ ދިފާއުގާ ކުރަން ޖެހޭ ކަމެއްކަން ރައިއްޔަތުން ގަބ ނލުކުރިލެއްބޮޑުކަމުން ތިބުނާ ފިތުނައެއް އުފެއްދީ ދިވެހި ސިފައިން ލަވާ ތި މައްކާރުންގެ ސަރުކާރުން،ނުވިތާކަށް ރައިއްޔަތުންނަށް ލިބިދީފާވާ ހައްގެއް ރިބުރާހީމް ނުހައްގުން ފޭރިގަތީމާ އެ އީ ރައިއްޔަތުން ނުގަތްކަމަށް ބަލންޏާ ތީ ވަރަށްބޮޑުވަރު ވެފާތިބި ބޯގޮވާފަ ތިބިބަޔަކު އުޅޭ ސަރުކާރެއް، ޝާހިދު ހީކުރީބާ މިހާރު މިގައުމުގެ ރައިއްޔަތުން މިތިބީ އިންޑިއާއަށް ވިކިފާ ކަމަށް، ނޫން ޝާހިދޫ އިހަށްވުރެވެސް އަދި މާބޮޑަށް އިންޑިއާ އައުޓު ކުރަން ބޭނުންވެއްޖެ، މިސަރުކާރުން ކުރާ ސުންޕާ ކަންތައް ބެލޭނެ ދުވަހެއް އަދި އަންނާނެ އިންޝާﷲ،
    ހީނުކުރާތި ތިމާމެންގެ އިންޑިއާއަށް ގައުމު ވިއްކާލައިގެން ދުނިޔެ ނިމޭންދެން މިގައުމުގެ ވެރިކަމުގާ ވަކިހިތްޕާލައިގެން ތިބެވޭނެކަމަށް، އެހެންނަ އަބަދާއަބަދު ވަހުޝީކަމުގާ ވެރިކަމުގާ ހުރެވުނީސް، މާތްﷲ އެކަލޭގެވެސް ވަކި ވަރަކަށް ޖައްބާރުކަމުގާ ލެހެއްޓުވުމަށްފަހު ޢަރަގުކުރެއްވީ އިބުރަތެއްގެ ގޮތުގާ، މިހާރުވެސް އެއޮތީ ފެންނަން.

  2. ފޮރިންސާރވިސް ހަދައިގެން އަބުދު ﷲ ޝާހިދަށް ބަހެއް ބުނެވެނީވެސް އިންޑިޔާއަށްގޮސް ހުއްދަ ނަގައިގެންތޯ ؟