ޝާހިދު ޤައުމުދެކެ ލޯބިވާލެއް ކުޑައީ, ނަފުރަތު އުފައްދާ ވާހަކަ އެ ދައްކަނީ އެހެންވެ: ޔާމީން
ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު, ނަފުރަތު އުފައްދައި ވާހަކަ ދައްކަވަނީ ޤައުމުދެކެ ލޯބިނުވާތީކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދާދިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ އޭ.އެން.އައި ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޝާހިދު ވިދާޅުވެފައިވަނީ, ރާއްޖޭގައި ހިންގާ ''އިންޑިއާ އައުޓް'' ކެމްޕެއިނުގެ އެޖެންޑާއަކީ ހުށަހަޅާނެ އެއްޗެއް ނެތް ބަޔަކު ހިންގާ ކެމްޕެއިނެއް ކަމަށާއި, އެ މީހުންގެ އެޖެންޑާއަކީ ''ނަފުރަތު'' ކަމަށެވެ. އަދި އިންޑިއާއަށް ދެކޮޅަށް ހިންގާ ކެމްޕޭނަކީ ދޮގު މަޢުލޫމާތުގެ މައްޗަށް ބިނާވެފައިވާ ކެމްޕޭނެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ނަފުރަތު އުފައްދަން ޝާހިދުމެން ވާހަކަ ދައްކަވަނީ ޤައުމުދެކެ ލޯބިވާ މިންވަރު ކުޑަކަމުން ކަމަށެވެ.
ޔާމީން ވިދާޅުވީ ދިވެހިންނަށް މުހިންމު ވާންވާނީ ދިވެހި ޤައުމު ކަމަށާއި, ތިމަންނަ މެންނަށް މުހިންމީ އަމިއްލަ ޤައުމަށްވުރެ އެހެން ޤައުމެކޭ ބުނާނެ އެއްވެސް ޤައުމެއް ނޯންނާނެ ކަމަށެވެ.
ޝާހިދު އިންޑިއާއަށް ވަޑައިގެންނެވި ދުވަހުގެ ކުރީ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް އިންޑިއާއަށް ވަޑައިގަތެވެ. އަދި އެ ދެ ބޭފުޅުން އެ ޤައުމުގައި ތިއްބަވައިގެން ބައްދަލުވުންތައް ވެސް ކުރިއަށް ގެންދެވިއެވެ.
ޔާމީން ވިދާޅުވީ އެ ބޭފުޅުން ނިއުދިއްލީއަށް ހާޒިރު ކުރުމުން އެނގިގެންދަނީ އަޅުވެތިވެފައިވާ މިންވަރު ކަމަށެވެ.
ދައުލަތުހެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް އުޅެނީ !