ޚަބަރު އިޖުތިމާޢީ

ދަރިވަރުންގެ ކިބައިގައި ރީތި ސިފަތައް އަށަގަންނަނީ ސުކޫލު ހަދާފައި ހުންނަ ގޮތަކުން ނޫން: ފައިޞަލް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ނައިބު ރައީސް ފައިޞަލް. ފޮޓޯ: ރައީސް އޮފީސް

ދަރިވަރުންގެ ކިބައިގައި ރީތި ސިފަތައް އަށަގަންނަނީ ސުކޫލު ހަދާފައި ހުންނަ ގޮތަކުން ނޫންކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ނައިބު ރައީސް މިހެން ވިދާޅުވީ ކުރީގެ މިނިސްޓަރު ޢުމަރު ޒާހިރުގެ ހަޔާތްޕުޅާ ގުޅޭ ގޮތުން ''މައުމޫން ފައުންޑޭޝަން'' އިން ލިޔުނު ފޮތެއް ނެރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވީ ޢުމަރު ޒާހިރު މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަން ކުރެއްވިއިރު ވަރަށް ރަނގަޅަށް ދަރިވަރުން ތަރުބިއްޔަތު ކުރެއްވި ކަމަށާއި, އެކަން ކުރެވުނީ ސްކޫލު ޢިމާރާތް މާ ރީތިވެގެން ނޫން ކަމަށެވެ. އަދި ސްކޫލެއްގައި ދަރިވަރުން ތަރުބިއްޔަތުވެ ރިވެތި ސިފަ އަށަގަންނަނީ ސުކޫލު ހަދާފައި ހުންނަ ގޮތަކުން ނޫން ކަމަށާއި, ޖަހާފައި ހުންނަ މުށްޓެއްގެ ސަބަބުން ނުވަތަ ޓިނުގަނޑުގައި ލާފައި ހުންނަ ކުލައެއްގެ ސަބަބަކުން ނޫން ކަމަށެވެ.

ނައިބު ރައީސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ, ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިއްޔެ ހުޅުވި ''ކާމިލްދީދީ ޕްރައިމަރީ ސްކޫލް'' ހުރި ގޮތުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

Ads by HDC
  1. ދިފާއު

    ފާޑުކިޔަނީ ހަމައެކަނި ޓިނުން ހަދާފަޙުރެގެނެއްނޫން! އެކަށިގެން ނުވާވަރުގެ ބޮޑު ޚަރަދުކޮށް ލާރިގަނޑު ކާތީ!