މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 86 މީހަކު ކޮވިޑަށް ފައްސި ވެއްޖެ
- މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 86 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
- ހެލްތު ޕްރޮޓެކަޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 86 މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި، ބަންގްލަދޭޝްގެ 27 މީހަކާއި، އިންޑިއާ، ނޭޕާލް އަދި ފިލިޕީންސް މީހެއް ކަމަށެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 86 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 86 މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި، ބަންގްލަދޭޝްގެ 27 މީހަކާއި، އިންޑިއާ، ނޭޕާލް އަދި ފިލިޕީންސް މީހެއް ކަމަށެވެ.
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 4680 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1936 މީހުންނަށެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 19 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހީންނާއި، ހަ ބިދޭސީންނެވެ.