ޚަބަރު

7 އަތޮޅުގެ ކައުންސިލާއިއެކު ވިއަވަތި ރާއްޖެ ދެވަނަ ކޮންފަރެންސް ގަމުގައި ފަށައިފި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

(ލ. ގަން) ވިއަވަތި ރާއްޖެ ކޮންފަރެންސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފައްޓަވާ ދެއްވައިފިފިއެވެ.

Ads by Sosun Fihaara

ވިއަވަތި ކޮންފަރެންސަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް, ކައުންސިލުތައް ބާރުވެރިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

މި ފަހަރުގެ ވިޔަވަތި ކޮންފަރެންސް އޮންނާނީ މިއަދުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތައްކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުންނާއި, އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި, އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި، ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ކޮންފަރެންސްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމާއި, ބިނާވެށި ޕްލޭން އެކުލަވައިލުމާއި, މިންތީގެ ހަމަހަމަކަމާއި, ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުން, މި ހަތަރު ދާއިރާއިންނެވެ. މި ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ގަމުގައި އިއްޔެވަނީ ވިއަވަތީގައި ބައިވެރިވާ ކައުންސިލަރުންނާއެކު ފަނޯއްލަ ދަރުބާރުގެ ނަމުގައި ކޮންފަރެންސެއް ބާއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!