އަމާޒަކީ ރައްޔިތުން އިޚްތިޔާރު ކުރާ ތަނެއްގައި އުފާފާގަތި ކަމުގައި އާއިލާއެއް ބިނާ ކުރުމުގެ އިޚްތިޔާރު ދިނުން: ޞާލިޙް

"އެ ރަށުގައި ނެތް މިރަށުގައި ހުރި ކިތަންމެ ފުރުސަތަކާ ޚިދުމަތްތަކަކާއި ވަސީލަތެއް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެބަހުރި. މީގެ ކޮންމެ ދެ ރަށެއް އާރްޓީއެލްގެ ޒަރިއްޔާއިން ދުވާލު ދެއިރު، ބައްދަލުވެ، ލާމެހި، މާރުވާން ފެށުމުން ނަތީޖާ ތަފާތުވާނެ,” ރައީސް ވިދާޅުވީ, މިގޮތަށް ކަންތައް ވުމުުން ދިރިދިރި ހިނގަހިނގާ އޮތް އިޤްދިޞާދުގެ ތަނަވަސްކަން އެންމެނަށް ލިބިގެންދާނެ ކަމަށެވެ.
މިސާލު ޖައްވަމުން ރައީސް ވިދާޅުވީ, ތަކަންދޫ އަދި މާރަންދޫގެ ހިކަނދި ފަތާއި ރާނބާ ފަތް އަބަދުވެސް ބޭނުންވާ ކަމަށާއި އާރުޓީއެލްއާއެކު މިތަކެތި މުޅި ރާއްޖެއަށް ލިބޭ ކަމަށެވެ. އަދި ކޮންމެ ރަށެއްގެ ވެސް އަމިއްލަ އުފެއްދުންތައްް މުޅި ރާއްޖެއަށް ލިބިގެންދާ ކަމަށާއި, އާރުޓީއެލްގެ ސަބަބުން ދަނޑުވެރިން ހައްދާ ތަކެތި ފީނުވެ, ވިއްކާލެވޭ ކަމަށެވެ.
ރައީސް ވިދާޅުވީ, ކައުންސިލްތަކުން ވެސް އަދި ޚުދު އެމަނިކުފާނު ވެސް ހުންނެވީ ވަށާ ޖެހޭ ޖަޒީރާ ދިރިއުޅުމެއް ލިބިދިނުމުގެ އަމާޒުގައި ކަމަށެވެ. އަދި އެ ނޫން ތަސައްވަރެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
"ތިބޭފުޅުން ކައުންސިލްތަކަށް އިންތިޚާބުވެގެން, ތިއްބެވީ ތަރައްގީގެ މި މަސައްކަތް ކުރެއްވުމަށް, އަޅުގަނޑު ވެސް މިމަގާމުގައި ދެމިހުންނާނީ ވެސް މި މަސައްކަތް ކުރުމަށް. ޖަޒީރާ ދިރިއުޅުމެއް ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް” ރައީސް ވިދާޅުވިއެވެ.







ކޮމެންޓް