ބިމު ކުލި ނެގުމަކީ ހަލެއް ނޫން, މިސްކިތްތަކަށާއި މަގު ބައްތި ތަކުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދިނުން ރަނގަޅު: ރައީސް ޞާލިޙް

ރަށްރަށުގެ އިންޖީނުގެތައް ހިންގުމަށާއި ފެނަކައިގެ އޮފީސް އިމާރާތް ހިންގުމަށް ބިމުން ކުލީގެ ގޮތުގައި ފައިސާ ނެގުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ, މިހާރު ލ.ގަމުގައި ކުރިޔަށްދާ ވިއަވަތި ކޮންފަރެންސްގައި ކައުންސިލަރުން ދެއްވި ޚިޔާލަކަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ވިިއަވަތި ކޮންފަރެންސަށް ތައްޔާރުވުމަށް އޮތް މަހޯއްލި ކޮންފަރެންސްގައި ކައުންސިލްތަކުން ތައްޔާރު ކުރި ޕްރެޒެންޓޭޝަން މިއަދުގެ ޕެނަލް ޑިސްކަޝަންގައި ވަނީ ހުށަހަޅާދީފައެވެ.
<img class="alignnone wp-image-162195 size-large" src="https://cdn.dhen.mv/wp-content/uploads/2022/09/9AF84C88-4AFA-4198-AC84-0B27B148E9AA-1024x683.jpeg" alt="" width="1024" height="683" />
ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވަނީ ގްރޫޕުން ނިންމި ބައެއް ކަންކަން ހިއްސާކޮށްފައެވެ. މިގޮތުން ހުށަހެޅި އެއް ކަމަކީ, ޔުޓިލިޓީ ޚިދުމަތް ދެމުން އަންނަ ތަންތަނުން ކުލި ނެގުމެވެ. ރަށު ކައުންސިލްތަކަށް ކުލި ލިބޭ ގޮތަށް ހުށަހެޅީ, ޚިދުމަތްދޭ ތަންތަނުން އަސާސީ ތަންތަނަށް ބޭނުންވާ ކަރަންޓް ދިނުމުގައި ބޮޑު އަގު ނަގާތީ ކަމަށް ސައުދު ފާހަގަ ކުރެއްވިއެވެ.
މިގޮތުން ފެނަކައިން މިސްކިތްތަކުގެ ކަރަންޓް ރޭޓް ނަގަމުން އަންނަނީ ބިޒްނަސްތަކުން ނަގަމުން އަންނަ ރޭޓްގައިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މަގު ބައްތިތަކުން ކަރަންޓް ނަގަމުން އަންނަ ގޮތް ކައުންސިލްތަކަށް ނުވެސް އިނގޭ ކަމަށް ވިދާޅުވިއެވެ.
މި ވާހަކަތަަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ, ޔުނިޓިލީ ޚިދުމަތް ދެމުން އަންނަ ކުންފުނިތަކުން ބިމު ކުލި ނަގާ ކަމަށްވަންޏާ, ޚިދުމަތުން ނަގަން ޖެހޭ އަގު ބޮޑުވެދާނެ ކަމަށެވެ. އަދި އެއީ ހައްލެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި އޭރުން ބުރަ ވަނީ ރައްޔިތުންނަށް ކަމަށް ވިދާޅުވިއެވެ. އަދި މާލޭގައި ވެސް އެފަދަ ކުންފުނިތަކަށް އޮންނަނީ ބިން މިލްކުކޮށްފައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެކަން ހައްލު ކުރުމަށް ރައީސްގެ ޚިޔާލު ދެއްވަމުން ވިދާޅުވީ, ޑިސްކައުންޓް ރޭޓެއްގައި މިސްކިތް އަދި މަގު ބައްތިފަދަ އަސާސީ ތަންތަނަށް ޑިސްކައުންޓް ރޭޓެއް ދެއްވުމަށެވެ.





.webp)

ކޮމެންޓް