ރައީސް ޔާމީން ޤައުމަށް ތަރައްޤީ ގެނެސްދެއްވީ ސިޔާމްގެ ވިސްނުންފުޅުގެ ބޭނުން ކުރައްވައިގެން: އެމްޑީއޭ

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މި ޤައުމަށް ތަރައްޤީ ގެންނެވީ އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދުގެ ވިސްނުންފުޅާއި ކުޅަދާނަކަން ދެއްވައިގެންކަމަށް އެމްޑީއޭއިން ބުނެފިއެވެ.
ސަންގު ޓީވީގެ ''ޚަބަރަށްފަހު'' ޕްރޮގްރާމުގައި އެމްޑީއޭގެ ނައިބު ލީޑަރު ޢަލީ މަޢުރޫފް ވިދާޅުވީ އެ ޕާޓީގެ ރައީސް ސިޔާމަކީ އިކޮނޮމިސްޓެއް ކަމަށެވެ. އަދި 2013 ވަނަ އަހަރު ރައީސް ޔާމީން ކުރެއްވި ވެރިކަމުގައި މި ޤައުމަށް ތަރައްޤީ ގެންނެވީ ސިޔާމުގެ ވިސްނުންފުޅާއި ކުޅަދާނަކަން ރައީސް ޔާމީނަށް ދެއްވައިގެން ކަމަށެވެ.
އެ ގޮތުން ރާއްޖެއަށް ލޯނުތައް ލިބުން ފަސޭހަވެގެންދިޔަ ކަމަށާއި, އިގުތިސާދު ވެސް ރަނގަޅުވިކަމަށް މަޢުރޫފް ވިދާޅުވިއެވެ. އަދި ޔާމީންގެ އަރިހުގައި ވަރަށް އިޚްލާސްތެރިކަމާއެކު ސިޔާމް ހުންނެވި ކަމަށާއި, ސަރުކާރު ދިފާޢު ކުރުމަށް އެ ޕާޓީން ގިނަ މަސައްކަތްތަކެއް ކުރިކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.