ރައީސް ރަށްރަށަށް ވަޑައިގެން ކުރައްވާނަމޭ ވިދާޅުވާ ވާހަކަތަކަކީ ހަމަ 'ވަޢުދު', އެކަންކަން ފުއްދަވާނެ: ސަރުކާރު
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރަށްރަށަށް ވަޑައިގެން ކުރައްވާނަމޭ ވިދާޅުވާ ވާހަކަތަކަކީ ''ވަޢުދު'' ކަމަށާއި, އެ މަނިކުފާނު އެ ކަންކަން ފުއްދަވާނެކަމަށް ސަރުކާރުން ބުނެފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ވަނީ ރިޔާސީ އިންތިޚާބާ ދިމާކޮށް އޭނާގެ ދާއިރާއަށް ރައީސް ޞާލިޙް ވެވަޑައިގެންނެވި އެއްވެސް ވަޢުދެއް ފުއްދަވާފައި ނުވާކަން ފާހަގަކުރައްވައިފައެވެ.
އެގޮތުން ރިޔާސަތުގައި އިންނެވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ވަޢުދެއްކަމަށް ބެލެވޭނީ އެ ސިޔާސީ ޕާޓީއެއްގެ މެނިފެސްޓޯގައި އެކަމެއް ލިޔެފައިވާނަމަ ކަމަށާއި, ރައީސް ރަށަކަށް ވަޑައިގެން އެ ރަށެއްގައި ކަމެއް ކުރައްވާނެކަމަށް ވިދާޅުވިޔަސް އެއީ އެ މަނިކުފާނުގެ ވަޢުދެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ނަޝީދު ވިދާޅުވީ މެންބަރުން ޢިޝާރަތް ކުރައްވާ ބައެއް ވަޢުދުތަކަކީ އިންތިޚާބުތަކާ ދިމާކޮށް މަގުމަތީގައި ދަމާ ބެނާތައް ހަދާ ކުދިން ލިޔެފައި ހުންނަ އެއްޗެހިކަމަށް ޕާޓީތަކުން ކުރިން ބުނެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އަދަދަށް މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރައީސް ޞާލިޙް ރަށްރަށަށް ވަޑައިގެން ކޮށްދެއްވާނެކަމަށް ވިދާޅުވާ ކަންކަމަކީ ކަމާ ގުޅުންހުރި ބޭފުޅުންނާ މަޝްވަރާކުރެއްވުމަށްފަހު ވިދާޅުވާ ވާހަކަތައް ކަމަށެވެ. އަދި ކޮށްދެއްވާނެކަމަށް ވިދާޅުވާ ކަންކަން އެ މަނިކުފާނު ކުރައްވާނެ ކަމަށާއި, އެކަން ކުރައްވަމުންދޭތޯ ވެސް ބައްލަވާނެ ކަމަށެވެ. އެކަމުގައި ވަކި ރަށެއް ތަފާތު ނުކުރައްވާނެކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ހުރިހާ ވާހަކަތަކަކީ މެނިފެސްޓޯގައި ހުރި ވާހަކަތަކަށް ނުވެދާނެ ކަމަށާއި, ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތެއް މެނިފެސްޓޯއަކު ނޯންނާނެ ކަމަށެވެ. ނަމަވެސް އަސާސީ ޙައްޤަކަށްވާތީ ސަރުކާރުން އަންނަނީ އެކަން ކޮށްދެމުންކަމަށް މިއުވާން ވިދާޅުވިއެވެ.
ރައީސަކީީ ހަމައެކަނިި ދަތުރުކުރާމީހެއްް ޒިންމާއަކީީ ރައްޔިތުންނައްލިބޭފައިސާކޮޅުންް އިސްރާފުކުރުންް ދެންކުޅޭނީީ ފައިގަތަޅާާ