އޮރިޔާން ކާޑު ހެދުމުގެ 40 ދަޢުވާއަށް އަލަމްގިރި އިޢުތިރާފުވެއްޖެ

ރާއްޖޭގެ ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) ގެ މައްޗަށް ފަހުން އުފުލި 40 ދަޢުވާއަށް އޭނާ އިއުތިރާފުވެއްޖެއެވެ.
ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން އޭނާގެ މައްޗަށް ފަހުން އުުފުލީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދަޢުވާއެވެ.
އެ ދަޢުވާތަކުގެ ޝަރީޢަތް ފެށުމަށް މިއަދު ވަނީ އަޑުއެހުމެއް ބާއްވައިފައެވެ. ޝަރީޢަތުގެ މަޖިލީހުގައި އޭނާ ވަނީ 40 ދަޢުވާއަށް އިޢުތިރާފުވެފައެވެ. އެ ގޮތުން އަވަސް ނިޔާގެ އަޑުއެހުމެއްގައި ދެން އޮންނާނީ ޙުކުމް އިއްވުމުގެ މަޖިލީހެވެ.
މީގެކުރިން އަލަމްގިރިގެ މައްޗަށް އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާއެވެ. އެ ދަޢުވާތަކަށް އޭނާ އިޢުތިރާފުވެފައިވާތީ, ކުށް ސާބިތުވާކަމަށް ކަނޑައަޅައި މިދިޔަ މަހުގެ 31 ގައި ކޯޓުން ޙުކުމް އިއްވީ ހަތް މަހާއި, ހަ ދުވަހަށް އޭނާ ޖަލަށްލުމަށެވެ.
ކޮންމެ ދައުވާ އަކަށް ފަސްރުފިޔާގެ ޖުރިމަނާއެއް އޯކޭވާނެތަ؟