ޚަބަރު އިޖުތިމާޢީ ސިޔާސީ

އަދުލުއިންސާފު ހަފުސްވެ ސަދޫމު އިންސާފަށްވެފައިވާއިރު އަދިވެސް ރައްޔިތުން ހޭވެރިވާން ނުވޭބާ: މޮސްޓާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އަދުލުއިންސާފު ހަފުސްވެ ސަދޫމް އިންސާފަށް ވެފައިވާއިރު އަދިވެސް ރައްޔިތުން ހޭވެރިވާން ނުވަނީތޯ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ސުވާލު ކުރައްވައިފިއެވެ.

Ads by STELCO

ދިވެހި ޤައުމީ ދިދައާއި ޝަރުޢީ ދާއިރާގެ ދިދަ ވީދި ހަލާކުވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވައި މޮސްޓާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ޤައުމުގެ ހާލަތު އަންގައިދޭ މިސާލެއް ކަމަށެވެ.

އެ ގޮތުން ޤައުމުގެ ޢިޖުތިމާއީ ފޭރާން ވީދި ހަފުސްވެފައިވާއިރު, އަދުލުއިންސާފު ވެސް ވަނީ ހަފުސްވެ ސަދޫމް އިންސާފަށް ވެފައިކަމަށް މޮސްޓާ ވިދާޅުވިއެވެ.

ޤައުމުގެ ހާލަތު އޮތް ގޮތުން ވަޠަނީ, ޤައުމީ ލޯބި ހުރި ކޮންމެ ލޮލަކުން މިއަދު ހަމަ ޔަގީނުން ވެސް ކަރުނަ އަޅާނެކަމަށް މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވަނީ އަދިވެސް ރައްޔިތުން ހޭވެރިވާން ނުވަނީތޯ ވެސް ސުވާލު ކުރައްވައިފައެވެ.

  1. ހަސަނަ ފުޅު

    ސަދޫމައްވުރެ ދިހަދަޖަ ދިވެހި ކޯޓުތައް މަތިވާނެ އަޅުގަޑުމެންގޭން ހުލުސްވަގު ވައްކަންކޮއްފަ އަޅުގަޑައް ކުރަނީ ޓެއަރިޒަމްގެދައުވާ ތިޖޫރިންނެގި ފައިސާތައްވީ އެއާއިލާތަކުގެ މިލްކަކައް ވިނާކައްނުވޭބާ

  2. ަދިރާސާ

    މުސްޓޯ ކަލ ތީ ބިމުގަ ފަސާދަ ކުރުމަ ހިއްވަރުދީ ފަސާދަކުރާމީހެއް ކަލޭ ހައްޔަރު ކުރުމށް ސަރުކާރަ ގޮވާލަން

  3. ރައްޔިތުންހޭވެރިވެގެން ބުނަނީމިއަށްވުރެހެޔޮ ރަގަޅު އިސްލާންދީން ހިމާޔަތްކުރާ ދީންވެރިސަރުކާރެން ހަޔާތުގާވެސްނާދެޔޯ ދެންކީކުރާނި ގައުމުއޮތީ ލޮލާ ކަންފަތާ ހިތާވިސްނުންނުކުޅެދިފަ ފަރުވާދެވޭފަދަ ޑޮކުޓަރުންނެއް ރާޖެއަކުނެތް