ބޮލީވުޑް

ބޮލީވުޑްގެ މި ތަރިން ރެސްޓޯރެންޓްތައް ހިންގާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޮލީވުޑްތަރިންނަކީ ގްރޭންޑް ލައިފް އުޅެން ލޯބިކުރާ އަދި ލަގްޒަރީ ލައިފްސްޓައިލް ހޯދުމަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރަން ލޯބިކުރާ ތަރިންނެވެ. ފިލްމް ކުޅެގެން ލިބޭ ގިނަ ފައިސާ އިންވެސްޓް ކުރަން ގިނަ ދިމާ ދިމާ ހުއްޓަސް، ބޮލީވުޑްގެ ގިނަ މަޝްހޫރުތަރިންތައް އާއްމުކޮށް އިންވެސްޓް ކުރާ އެއް ދާއިރާއަކީ ރެސްޓޯރެންޓްތަކެވެ. އެއީ ފައިދާ ބޮޑު ބިޒްނަސްއަކަށްވާތީ ކަމަށް ވެދާނެވެ. މި ލިޔުމުގައި މި ބަލާލަނީ މިފަދަ ދެތިން ރެސްޓޯރެންޓަކަށެވެ.

Ads by MWSC

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެކްލިން ފެނާންޑޭޒް ވަނީ 2018 ވަނަ އަހަރު އޭނާގެ ތައި ރެސްޓޯރެންޓް ބަންދްރާގައި ތައާރަފްކޮށްފައެވެ. ޕަލީ ތާލީގެ އިތުރުން ޖެކްލިން އަކީ ކޮލަމްބޯގައި ހުންނަ ކައިމާ ސުތުރާގެ ފަޚުރުވެރި ވެރިއެކެވެ.

ޕްރިޔަންކާ ޗޯޕްޅާއަކީ ނިއުޔޯކް ސިޓީގައި ސޮނާ ގެ ނަމުގައި ރީތި އަދި ތަނަވަސް ރެސްޓޯރެންޓެއް ހިންގާ މީހެކެވެ. މި ރެސްޓޯރެންޓުން ނިއު ޔޯކްގައި އިންޑިއާގެ ކެއުންތައް ފޯރުކޮށްދެއެވެ.

ބަތަލާ ޝިލްޕާ ޝެޓީ ކުންދުރާ އަކީ ބަންދްރާ ވެސްޓްގައި ހުންނަ ބަސްޓިއަންގެ ވެރިޔާ އެވެ. އެތަނުން ބަޓަރ-ޕޮޗްޑް ލޮބްސްޓާ ފަދަ ޑިޝްތައް ލިބެން ހުރެއެވެ.

Ads by Allied Insurance
  1. ާިސހފވވ

    ޓންކޮޅަށް އައުރަ ނިވާވެފަ ހުންނަ ހެދުން ލާފަ ހުންނަ ފޮޓޯ ލިއްޔާ މާރަނގަޅުވާނެ