ޚަބަރު ސިޔާސީ

ޕީޕީއެމްއިން ދައްކަނީ ދެއުޅިއެއް ނުވާ ކަހަލަ ވާހަކަ, ފަހަތަށްޖެހޭ: ނާޒިމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަދި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް

ޕީޕީއެމްއިިން ދައްކަނީ ދެއުޅިއެއް ނުވާ ކަހަލަ ސިޔާސީ ވާހަކަ ކަމަށާއި, އެފަދަ ވާހަކަތައް ހުއްޓާލުމަށްފަހު ފަހަތަށް ޖެހުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.

Ads by MWSC

އެމްއެންޕީގެ އައު އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވަނީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ޤައުމުން އދ. ގެ ޢާންމު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިނުމަށް ނިންމާފައިވާ މައްސަލައަށް އަލިއަޅުވައިލައްވައިފައެވެ.

މި މައްސަލައިގައި ޕީޕީއެމްއިން ދައްކަނީ ދެއުޅިއެއް ނުވާ ކަހަލަ ސިޔާސީ ވާހަކަކަމަށް ނާޒިމް ވިދާޅުވިއެވެ.

''އަޅުގަނޑުމެންނާ ވާދަވެރި ފަރާތްތަކުން ސިޔާސީ ވާހަކަދައްކަނީ އިނގޭތޯ. ޚާއްސަ ގޮތެއްގަ ޕީޕީއެމް ކަހަލަ ބޮޑެތި ޕާޓީކަމަށް ނަންކިޔާ ފަރާތްތަކުން.. މިހާރު މި އޮތް ސަރުކާރު 2019 ގައި ވޯޓުލީ އިނގިރޭސިވިލާތާ އެއްކޮޅަށް. ކަމަކުނުދިޔަ. މިފަހަރު ވޯޓުލާން މި ނިންމީ މޮރިޝަސްއާ އެއްކޮޅަށް. ކަމަކުނުދިޔަ. މީ ކޮންކަހަލަ ވާހަކައެއްތޯ. އެހެންވީމަ ދެއުޅިއެއް ނުވާ ކަހަލަ ސިޔާސީ ވާހަކަ ނުދައްކާ ފަހަތަށް ޖެހި މި ޕާޓީއަށް ފުރުސަތުދެއްވާ.''

ނާޒިމް ވިދާޅުވީ ޤައުމީ ޕާޓީއަކީ އެމްއެންޕީ ކަމަށާއި, މިކަން ހައްލު ކުރާނެ ޕާޓީއަކީ ވެސް ހަމަ އެ ޕާޓީ ކަމަށެވެ. އަދި މި މައްސަލައިގައި ޤާނޫނުގެ ތަރަހައިގެ ތެރެއިން މަސައްކަތްކޮށް ރާއްޖެއިން އެންމެ ތަންފުކެއް ވެސް ނުދޭ ގޮތަށް އެމްއެންޕީގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ޢަޒްރާ

    ފަހަތަށް ޖެހެންވީ މި ޤައުމު މިޙާލަތަށް ގެނައުމުގަ ބައިވެރިވި މީހުން މިއަދަވަޅަށް ޤައުމު ވައްޓާލަން މަސައްކަތްކޮށް ހިއްވަރު ދިން މީހުން އޭގެ ތެރޭގަ ތި ނާޒިމްވެސް ހިމެނޭ ދެން ކޮން ހަޅޭޚޭޢާް ތިލަވަނީ

  2. ސަލީމާ

    ތަރައްގީގެ ބާނީ ރައީސް ޔާމީން ދެކެ ޖެހިލުންވާ މީހުން އޫޅޭނެ

  3. އަލީ ރަށީދު ދެކުނު ތިލަ

    ދެއުޅި އެއްވީމާ ދޯ ޑިފެންސް މިނިސްޓަރަކައް ހުރެ މުޅި ޜާއްޖޭގެ ރައްޔިތުން ފެނައްޖެއްސީ ވެރި ކަން ހޯދަން ވެރިކަމާއިގެން ވީމޮޔައިން މޮޔަބޮލައްއަރައިގެން ޕާޓީ ހެދީމާވެސް އަދި ނުވިތާކައް ރުފިޔާ އޮއްސައިގެން ވެސް ހޭބަލިވީމާ މިލިބެނީ ތިންގަނޑު ވޯޓް ފަހަތައް ޖެހޭ އަވަހައް ފަހަތައްޖެހޭ ކޮބާ މިމީހުނގެ ލަދު