Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ފޯޅަވަހީގެ މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވި ސަބަބު ސާފުކޮށްދޭންޖެހޭ: އެމްއާރުއެމް

ފޯޅަވަހީގެ މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވި ސަބަބު ސާފުކޮށްދޭންޖެހޭ: އެމްއާރުއެމް

ދިވެހި ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލަގައި ވެރިކަމުގެ މިދައުރުގައި ގެންގުޅުނު ސިޔާސަތު ބަދަލުވި ސަަބަބު ސާފުކޮށްދޭންޖެހޭކަމަށް އެމްއާރުއެމްއިން ބުނެފިއެވެ.

އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާތަކުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމަކީ އެމް.އާރް.އެމް ގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެއްކަމަށެވެ.

އެގޮތުން މިއިން އެއްވެސް ކަމަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް އެމް.އާރް.އެމް އިން ތާއީދެއް ނުކުރާނެ ކަމަށް ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން އެމްއާރުއެމްއިން ބުނެފައިވަނީ ޤައުމުތައް އަޅުވެތި ކުރުމާ ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އައި ޤައުމެއްކަމާއި، އެ ސިޔާސަތަކީ ހަމައެކަނި މިސަރުކާރުގެ ސިޔާސަތެއް ނޫންކަންކަމަށެވެ.

އެހެންނަމަވެސް، މޮރިޝަސްއިން ބޭނުންވާ ގޮތަށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ، އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްކަމަށް ނުވާތީ އާއި ފޯޅަވަހި މޮރިޝަސްގެ ދަށަށް ހިނގައްޖެނަމަ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކުޑަވެ، އިޤްތިޞާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ޤުދްރަތީ ވަސީލަތްތަކަށްވެސް އުނިކަން ލިބޭނެތީ ކަމަށް ބުނެފައިވެއެވެ.

އަދި މިމައްސަލައަކީ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދާ ގުޅުންހުރި މައްސަލައަކަށްވެފައި އިޤްތިޞާދީ ގޮތުން ދިވެހި އާއިލާ ތަކަށް ބޮޑު މަންފާއެއް ލިބެމުން އަންނަ މަސްވެރިކަމުގެ ދާއިރާއަށް ވެސް ގެއްލުން ތަކެއް ލިބިދާނެކަމެއްކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް