ޚަބަރު ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ހުރިހާ ވެރިން ވެސް އިގުތިސާދީ ސަރަހައްދު ހިފެހެއްޓުމަށް ގިނަ މަސައްކަތް ކުރެއްވި: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގެ ހުރިހާ ވެރިން ވެސް އިގުތިސާދީ ސަރަހައްދު ހިފެހެއްޓުމަށްޓަކައި ނުހަނު ގިނަ މަސައްކަތް ކުރެއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ޤައުމުން އދ. ގެ ޢާންމު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިނުމަށް ނިންމާފައިވާ މައްސަލައިގައި އަދިވެސް ދަނީ ވަރަށް ހޫނުކޮށް ބަހުސްކުރެވެމުންނެވެ.

މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ރާއްޖެއިން ގަބޫލުކޮށް, މިދިޔަ އޮގަސްޓު 22 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ސިޓީއެއް ވެސް ފޮނުއްވައިފައެވެ. އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވާއިރު ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ ސަރުކާރު ދިފާޢު ކުރަން ތަފާތު ވާހަކަތައް ދައްކަވަމުންނެވެ.

ނާޒިމް ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުން އިހަވަންދޫ ދާއިރާގެ މެންބަރުވަނީ ކުރީގެ ރައީސުންނާއި އެޓާނީ ޖެނެރަލުންނަށް ފާޑުވިދާޅުވެފައެވެ.

''މިއަދު މި ރާއްޖޭގަ ވެރިކަން ކުރި އެތައް ރައީސުންނެއް އެތައް ބަންޑާރަނައިބުންނެއް ދިވެހިރާއްޖެއަށް ހޯދެން އޮތް އެއްޗެއް ނުހޯދާ އަތް އުރާލައިގެން ހޯދަން މަސައްކަތްނުކޮށް ތިބެ އެތި ގެއްލުނީމާ ތިމަންނާގެ ޒިންމާ އަދާނުކޮށް އޮއްވާ އެތި ގެއްލުނީމާ ދެން ނިކުމެ ތިމަންނާގެ ޒިންމާއިން ބަރީޢަވާން އުޅުނަކަސް ބަރީޢައެއް ނުވެވޭނެ. މީ މި މައްސަލައިގެ އަސްލަކީ, ޙަޤީޤަތަކީ.'' ޝިފާޢު ވިދާޅުވިއެވެ.

ޝިފާޢުގެ ވާހަކަ ހުއްޓުވުމަށްފަހު ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ ބަންޑާރަނައިބުން ވެސް ދިވެހިރާއްޖޭގެ ހުރިހާ ވެރިން ވެސް ދިވެހިރާއްޖޭގެ ސިޔާސީ އިގުތިސާދީ ސަރަހައްދު ހިފެހެއްޓުމަށްޓަކައި ނުހަނު ގިނަ މަސައްކަތް ކުރެއްވި ކަމަށެވެ. މި ބޮޑު ސަރަހައްދު ސަލާމަތްވެ, ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަންމަތީގައި ތިބެވެނީ އެހެންވެގެން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

''އަޅުގަނޑު އެއްޗެއް ނުދަންނަވާ ހުންނަން މި އިންނެވީ. އެހެން ނަމަވެސް ދިވެހިރާއްޖޭގެ ހުރިހާ ބަންޑާރަނައިބުން ވެސް ދިވެހިރާއްޖޭގެ ހުރިހާ ވެރިން ވެސް ދިވެހިރާއްޖޭގެ ސިޔާސީ އިގުތިސާދީ ސަރަހައްދު ހިފެހެއްޓުމަށްޓަކައި ނުހަނު ގިނަ މަސައްކަތް ކުރައްވާ. އެހެންވެ މި ބޮޑު ސަރަހައްދު މި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަލާމަތްވެ މިނިވަންކަންމަތީގާ މި އޮތީ. 2010 ވަނަ އަހަރުގަ ވެސް 1992 ވަނަ އަހަރުގަ ވެސް އަދި ކޮންމެ ފަހަރަކު ވެސް މިކަމުގައި ފުރުސަތެއް ލިބޭ ކޮންމެ ފަހަރަކު ދިވެހި ސަރުކާރުން ދިވެހި ދައުލަތުންދަނީ މިކަމާ ވަކާލާތުކުރަމުން.''

ފޯޅަވައްސަކީ ރާއްޖޭގެ ރަށެއްކަމަށް ރައީސް ނަޝީދު ގަބޫލުކުރައްވައެވެ. ނަމަވެސް ފޯޅަވައްސަކީ ރާއްޖޭގެ ބަޔެއްކަމަށް ދެކެވަޑައިގަންނަވާނަމަ 2011 ގައި މޮރިޝަޝްއާއެކު އިން ވަކިކުރަން އެއްބަސްވީ ކީއްވެތޯ ވިދާޅުވެ ދާދިފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވަނީ ރައްދެއް ވެސް ދެއްވައިފައެވެ.

Ads by Allied Insurance
  1. އަބްދޫ

    ނަސީދު ކިޔާ ތަކެތި ދިމާ ނުވޭ މޮރިސަސްއަށް ގޮސްބުނީ މޮރިސަސްގެ ތަނެކޭ އިގިރޭސިވިލާތަށް ގޮސްބުނީ އިގިރޭސީންގެ ތަނެކޭ ދުވަހަކުވެސް ރާއްޖޭގެ ތަނެކޭ ނުބުނޭ. ފޯލަވަހި ވެސް ދުލުކޮލަށް ގެނެއްސަންތް މިހާރު ކިޔާ ތަކެތިން އަމިއްލަ ސަޕޯޓް ގެއްލުންނޫންކަމެއްނެތް.