ޚަބަރު ސިޔާސީ

ރައީސް ޔާމީން މަރަދޫ ''ފިނިފެންމާ ޖަގަހަ'' ހުޅުވައިދެއްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައްޑޫ ސިޓީ މަރަދޫ ''ފިނިފެންމާ ޖަގަހަ'' ހުޅުވައިދެއްވައިފިއެވެ.

Ads by STELCO

މި ޖަގަހަ ހުޅުވައިދެއްވީ މިއަދު މެންދުރުފަހު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވަނީ ޕީޕީއެމާ އަލަށް ގުޅުނު މެންބަރުންގެ މެންބަރޝިޕް ފޯމު ވެސް ރައީސް ޔާމީނާ ހަވާލުކުރައްވައިފައެވެ.

ރައީސް ޔާމީން މިއަދު ހަވީރު ހިތަދޫ ޕީޕީއެމް ޖަގަހަ ވެސް ހުޅުވައިދެއްވާނެއެވެ.

އެމަނިކުފާނު މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިއްޔެ ވަނީ ފޭދުއަށް ވަޑައިގެންފައެވެ. މިއަދު ހަވީރު ހިތަދުއަށް ވަޑައިގަންނަވާއިރު އެ ރަށުގައި މިރޭ އޮންނަ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ރައީސް ޔާމީން މަރަދޫފޭދުއާ ހުޅުދޫމީދުއަށް ވެސް ވަޑައިގަންނަވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!