ރައީސް ޞާލިޙާ މެމްބަރުންގެ ބައްދަލުުވުމަށް ނަޝީދު މަލާމަތް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް, މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވައިގެން ޓެކްސް ބޮޑުކުރާ ބިލަށް ވޯޓަށް ނާހާ މަޖިލީހުގެ ޖަލްސާ ނިންމާލުމުން, އެ މަނިކުފާނުގެ ޝަކުވާ ހިފައިގެން މަޖިލީހުގެ ބައެއް މެންބަރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަޑައިގަތުމުން ނަޝީދު ހަޖޫ ޖައްސަވައިފިއެވެ.
ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ފާއިތުވެދިޔަ ދެދުވަހު ރިޔާސަތުން ވޯޓަށް ނާހައި ޖަލްސާ ނިންމާލުމުން ރައްޔިތުންގެ މަޖިލިސް ހިންގަވާ ގޮތާއި މެދު ހިތްޖަމަޖެހިވަޑައިނުގެން ސަރުކާރަށް ތާއީދުކުރާ މެމްބަރުން ދަނީ މަޖިލީހުގެ ރިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މުލިއާގެއަށް މަޖިލީހުގެ ބައެއް މެމްބަރުން ވަޑައިގެންނެވި ކަމަށް ފާހަގަކުރަމުން ދާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ދެކެނީ މުލިއާގެއަށް މެމްބަރުން ވަޑައިގެންނެވީ މެންދުރުގެ ފަރިއްކުޅުއްވަން ކަމަށެވެ.
“އިއްޒަތްތެރި މެމްބަރުން އެބަ ފާހަގަކުރައްވާ މުލިއާގެއަށް މި ތަނުން މެމްބަރުން ވަޑައިގެންނެވި ކަމަށް. އަޅުގަނޑު ދެކެނީ މެންދުރުގެ ފަރިއްކޮޅަށް ކަމަށް. ދެން އަޅުގަނޑުމެންނަށް ޔަގީން އެހެންވީމަ ގަރުދިޔަ އާއި ބަތާކަން،" ނަޝީދު ވިދާޅުވިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާއިރު، ޓެކްސް ބިލް ސަރުކާރުން ހުށަހެޅުއްވިގޮތަށް މަޖިލީހުނ މިއަދު ވަނީ ފާސްކޮށްފައެވެ. އެ ގާނޫނަށް އަމަލުކުރަން ފެށޭނީ އޭގެފަހުން ރައީސް އެ ބިލު ތަސްދީގު ކުރެއްވުމުންނެވެ.
ރައީސް ޞާލިޙް މި ބިލު ތަސްދީގުކުރެއްވުމާ އެކު، މިހާތަަނަށް 6 އިންސައްތަގައި ހުރި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) 8 އިންސައްތައަށް ބޮޑުވާނެއެވެ. އަދި މިހާތަނަށް 12 އިންސައްތައިގައި ހުރި ޓުއަރިޒަމް ދާއިރާއިން ނަގާ ޓެކްސް (ޓީޖީއެސްޓީ) 16އިންސައްތައަށް ބޮޑުވާނެއެވެ.
ނަސީދުވެސް ރައްޔެތުންގުބްހައްދަނީ
ރައްޔެތުންގެބްކާ ކުޅޭގޭމެއް ނަސީދު!