ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދު ރިޔާސަތުން ދުރުކުރަން އުޅެނީ ރައްޔިތުންނަށް ކަންކަން ފޮރުވަންވެގެން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ކުލަބު ހައުސްގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ މިހާރު މި ފެންނަނީ ވެރިކަމަށް އަންނަން އުޅޭ ބަޔަކު އުޅޭ ޒާތަކަށް އުޅޭ ބަޔެއް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ވެސް ވެރިކަން ބޭނުންފުޅުވާނަމަ ރައީސް ނަޝީދާ ''ލެޑިގަނެގެނެއް'' ވެސް ނޫޅޭނެ ކަމަށެވެ. އޭގެ ބަދަލުގައި ވެރިކަން ބޭނުންފުޅުވާނަމަ ރައީސް ނަޝީދާ ވާހަކަފުޅު ދައްކަވައިގެން ކަންކަން ހައްލު ކުރައްވާން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
އޭގެ ބަދަލުގަ ރޮޒައިނާއާ ދެތިން މީހަކު ނެރެގެން މީ އެމްޑީޕީއެއް ނޫނޭ. އެ މީހުންނަކީ އެމްޑީޕީއެއް ނޫނޭ. ތިމަންނަމެންނަކީ އެމްޑީޕީއޭ މިކަހަލަ ވާހަކަތަކެއް މި ދައްކަނީ. ދެން ތިބި މެންބަރުންނަށް އެ މީހުންނާއެކު ތިބި ބަޔަކަށް އެކިއެކި ޕްރޮޖެކްޓް ދީ އެ މީހުންގެ ޢާއިލާތަކުގެ މީހުންނަށް ވަޒީފާ ދީ އެ މީހުންގެ ޢާއިލާތަކުގެ މީހުން ބޭރުގެ އެމްބަސީތަކުން ލައްކައިން ދެލައްކައިން މަހަކު މުސާރަދީ މީ އެހެން ކަހަލަ ކަމެއް މި ރާއްޖޭގަ މި ވަގުތު މި ހިންގަނީ.
ބޮންޑެ ވިދާޅުވީ ނަޝީދު ރިޔާސަތުން ދުރުކުރަން އުޅެނީ ރައްޔިތުންނަށް ކަންކަން ފޮރުވަންވެގެން ކަމަށެވެ.
ކަންކަން އޮޅުވައިލަން. އަޅުގަނޑަށް މަޢުލޫމާތު ލިބިފަ ހުރި ދިވެހި ތާރީޚު ލިޔާ ފަރާތްތަކަށް ސަރުކާރުން ގުޅާފާ އެއީ [ޗާގޯސް] ދިވެހިރާއްޖޭގެ ތަނެއް ނޫންކަމަށް ބުނެދޭށޭ. ބައެއް މީހުން އެބަ ބުނޭ އަޅުގަނޑުމެންނަކަށް ނުވާނޭ.
މީގެ އިތުރުން ޤާނޫނުތައް ހުރި ތަނުގައި ހުރީ ކަމަށާއި އެއްވެސް ޤާނޫނެއް ތަންފީޒެއް ނުވާ ކަމަށް ވެސް ބޮންޑެ ދެއްކެވި ވާހަކައިގައި ވިދާޅުވިއެވެ.
ރައީސްް ނަސީދަކީީ ޕާޓީގެެ އަސްލުބިންގާާ ނަސީދާާ އިދިކޮޅުކޮއްލުުމަކީީ ޕާޓީި ފުޑާލުންް ބޭރުންއައިި ކާޅުބައިގަޑުު މާގަދަަ ކޮއްލައިގެންް ޕާޓީފުޑާލުންް ގޯސްް އެމީހުންދުރުކުރޭޭ
ސަރުކާރަށް ޖެއްސުން ކުރަންޏާ ނަޝީދެއް ނޫން އީވާވެސް ވަކިކުރާނެ . ޙިތުން ވަރަށްމޮޅުވާހަކައެއް ތިޔަބުނީ.ނަޝީދު މަޖްލިސް ރައީސްކަމުގަ ހުރެ ގެން ސަރުކާރު ހިންގަން ދިމާކުރީމަ ވަކި ކުރަން އުޅޭނެތާ