ޚަބަރު

ހުޅުމާލޭގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއިން ވިޔަފާރި ކުރުމަށް އެޗްޑީސީން ހުއްދަ ދެނީ

ރައުފާ ރަޝީދު
DCIM100GOPROGOPR1206.JPG

ހުޅުމާލޭގައި ވިޔާފާރިތައް ކުރިއެރުވުމުގެ ގޮތުން އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއިން ވިޔަފާރިކުރުމަށް ހުއްދަދިނުމަށް އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ވިދާޅުވީ ހުއްދަ ދޫކުރުމަށް އެ ކޯޕަރޭޝަނުން ނިންމާފައި ވަނީ އަމިއްލަ ފަރާތްތަކުން ހުޅުމުމާލޭގައި އިމާރާތްކޮށްފައިވާ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. އަދި ފިހާރަތަކާއި ރެސްޓޯރެންޓް އަދި އެހެނިހެން ހިދުމަތް ދޭ ވިޔަފާރި ފުރަތަމަ ފަންގި ފިލާގައި ކުރެވޭނެ ކަމަށާއި ނަމަވެސް، ހުޅުމާލެގެ އިމާރާތްތަކުގެ ތިރީބަޔާއި ފުރަތަމަ ފަންގިފިލާގައި އިންޑަސްޓްރިއަލް އެއްވެސް ބޭނުމަކަށް ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

އެޗްޑީސީން ވިދާޅުވީ ގަރާޖު އަދި ގުދަންކުރުމަށް ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ.

އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް އިކޮނިމިކް މިނިސްޓްރީން ގިނަ މަސައްކަތަތަކެއްކޮށްފައިވާ ކަމަށާއި ވިޔަފާރި ކުރިއެރުމަށް ފަސޭހަކަމާއިއެކު ލޯނު ލިބޭނެ އިންތިޒާމްތައްވެސް ހަމަޖައްސާދީފައިވާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ހުޅުމާލޭ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާކުރުމަށް ހުއްދަ ދިނުމުން ހުޅުމާލޭގައި ތަފާތު ގިނަ ވިޔަފާރި އިތުރުވެ، ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ހިދުމަތްތަކެއް ލިބިގެންދާނެކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

އެ ކޯޕަރޭޝަނުން ބުނީ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތަށް އެ ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމަށެވެ.

  1. އުދުހޭކޮކާ

    ބަހުގެ އެކެޑަމީއިން ބަސްފޮތުގައި ހިމަނާފަ އެބައޮތް ކަމަށް ވަނީ ފަންގިފިލާ އަށް ބުރި ކިޔޭނެ ކަމަށް…ބަސް ހަލާކު!!!! ދެން މިތިބަ މީހުންނަކަށް ނޭނގޭ އެ އިސްލާޙު ކުރާކަށް.ކަނޑުކޮހުން ކޮމިޓީގަ ތިބީމާ ވާނީ އެހެން.މިކަހަލަ ކިތަންމެ ބަހެއް އާދަކާދައާއި އުސޫލުތަކާޚިލާފަށް އެބަހުރި ހޮވާފަ.މިސާލު ދުވާރު…ސަޅި (ފޮނި ކެނޑުން)އެއީ ރީރި ކަމަށް…ސީލިންގް(މިއީ މީހުން އުޅޭ ތަނެއް ކަމަށް) “ހަތް ދުވަސް” އެއީ އެއްޗެއް ކަމަށް މިހެންގޮސް ބައިވަރު.