ޚަބަރު ސިޔާސީ

އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައިދެއްވީ ރައީސް ޞާލިޙް: ރޮޒައިނާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙްއަކީ އިޖްތިމާޢީ ގޮތުން ޤައުމު ބިނާ ކުރައްވާ ޤައުމީ ރޫހު އާލާ ކުރައްވާ ބޭފުޅެއް ކަމަށެވެ.

ރިޒައިނާ ވަނީ ޤައުމު އެއްބައިވަންތަ ކުރައްވާ ހަމަހަމަ ކަމާއެކު ހިދުމަތް ދެއްވުމަށް ރައީސް ޞާލިޙް ކުރައްވަމުން ގެންދަވާ މަސައްކަތައް ޝުކުރު އަދާކުރައްވާފައެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ކޯޅުމުގައި އެޕާޓީ ދެފެކްޝަނަކަށް ބެހިގެން ގޮސްފައި ވާއިރު، ޕާޓީގެ ނަޝީދު ފެކްޝަންގައި ތިއްބެވި ބޭފުޅުންގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒުވެގެން ގޮސްފައިވާ އެއް ބޭފުޅަކީ ރޮޒައިނާ އާދަމްއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙް ވާދަކުރައްވާނެކަން މި އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ އިއުލާންކުރައްވާފައެވެ. ނަމަވެސް އެމްޑީޕީން ރިޔާސީ ޓިކެޓް ދޭން ނިންމާފައި ވަނީ ޕްރައިމަރީއަކަށް ފަހުއެވެ. އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި ނިންމާފައި ނުވި ނަމަވެސް އެ ޕްރައިމަރީގައި ރައީސް ނަޝީދު ވެސް ވާދަކުރައްވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

  1. ބޮޑޭ އަހައްމަދު

    ރޮޒޭ! އަހަރެމެން އަގައިން ހަޔާތް ގޮއްވަންހޭ ތިއުޅެނީ!