ޚަބަރު އިޖުތިމާޢީ

އެޗްއާރްސީއެމްގެ އަމާޒު: 2030 އައުމުގެ ކުރިން އަންހެނުންނަށް ކުރާ އަނިޔާ ނައްތައިލުން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް އަންހެނުންނަށް ކުރާ އަނިޔާ ނައްތައިލުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

Ads by MWSC

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހެވެ. މި އަހަރުގެ މި ދުވަހުގެ ޝިޢާރަކީ 'ޔުނައިޓް އެކްޓިވިޒަމް ޓު އެންޑް ވަޔަރލަންސް އެގެއިންސްޓް ވުމެން އެންޑް ގާލްސް' އެވެ.

މި ދުވަހާ ގުޅޭ ގޮތުން ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ދެއްކެވި ވާހަކައިގައި އެޗްއާރްސީއެމްގެ އެޑްވޮކަސީ ފާޠިމަތު އަޙްމަދު ވިދާޅުވީ ރާއްޖޭގައި މި ދުވަސް ފާހަގަކުރަން މިއަދު ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ. އަދި މި އަހަރުގެ ޝިޢާރުގައިވާ ފަދައިން އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަމަށްޓަކައި ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު މި ޓާގެޓްކޮށްފަ އޮތީ 2030 ވަނަ އަހަރު އަންނަންވާއިރަށް އަންހެނުންނަށް ކުރާ އަނިޔާ ނައްތައިލުމަށް މަސައްކަތް ކުރުން.

ޕްރޮގްރާމުގައި ދެއްކެވި ވާހަކައިގައި އެޗްއާރްސީއެމްގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރު އާދަމް ފަޒީލް ވިދާޅުވީ އަންހެނުންނަށް ގެވެށި އަނިޔާ ލިބެމުންދާ އިންސައްތަ ދުވަހަކަށްވުރެ ދުވަހަކު އިތުރުވަމުންދާ ކަމަށާއި ތަފާސްހިސާބުތަކަށް ބަލާލާއިރު ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކަކީ ކޮންމެވެސް ކަހަލަ އަނިޔާއެއް (ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާއެއް) ތަހައްމަލު ކުރަމުން އަންނަ މީހެއް ކަމަށެވެ.

Ads by Allied Insurance
  1. އަބްދޫ

    މިހާރު ވެސް އަންހެނުންނަށް އަނިޔާ ނުކުރޭ.އަނިޔާ ލިބިގަންނަނީ އަންހެނުންއަމިއްލަޔަށް. ކީރިތި ގުރްއާނުގެ އަލްއަހްޒާބުގެ 33 އަދި 36 މިދެއާޔަތުގަ އޮތް ވަހިއައެއްގޮތަށް އަންހެނުންއުލެން ފެށުމުން އެކަނބަލުންގެ ގަދަރު މަތިވެރިވެގެންދާނެ.

  2. ދިވެހިރާއްޖޭގައި އަންހެނުންނަށް އަނިޔާ ލިބެޔޭކަމަށް ބުނަނީ ވަރަށްބޮޑު ދޮގެއް ! ވަކި ބަޔަކަށް ލިބުނު އަނިޔާއެއް އެންމެނަށް ލިބޭކަމަށް ދެއްކުމަކީ ވަރަށްބޮޑު އޮޅުވާލުމެއް ! މިރާއްޖޭގެ މަތިފަޑީގައި ތިބި ދެތިން ހަތަރު ވަރަކަށް އަންހެނުން ނަށް އެމީހުންގެ ފިރިންގެ ފަރާތުން ލިބުނު އަނިޔާ އެންމެނަށް ލިބޭކަމަށް ދެއްކުމަކީ ވަރަށްބޮޑު އޮޅުވާލުމެއް !

  3. ނާޅި

    ދަރިން ރަގަޅުގޮތުގައި ތަރުބިއްޔަތު ނުވުމުގެ ސަބަބުން އެދަރިންގެ ފަރާތުން އެހެން މީހުނަށް ލިބޭ ގެއްލުން، ފިރިމީހާ މަސައްކަތު ދިޔައީމާ އަންބިމީހާ ގޭގައި ހުރެގެން ރަގަޅަށް ދަރިން ނުބަލާ ކަސޯޓީ އަޅުވައިގެން ފިރިމީހާ އަންނައިރު ކޮންމެސް ހިލޭ ފިރިހެނަކަށް ގުޅާއިގެން އުޅޭ އަންހެނުންނަށް އެއްކަލަ ގޮތަށް ބޮޑުވެފައި ތިބޭ ފިރިހެން ދަރިންގެ ފަރާތުން އަންނާނީ ކޮންކަހަލަ އެކުޝަންތޯ ! އަންނަ ރުޅީގައި އަންބިމީހާގައިގާ ޖަހާނީ ނުންތޯ ! ދެޖިންސުވެސް އިސްލާހުވާންވީ އޭރުން ގެވެށި އަނިޔާ އާއި ތިމާވެށީގެ އަނިޔާ އިން ސަލާމަތްކަން ހޯދޭނީ !