ޚަބަރު

ހުޅުމާލެ މަގުތަކުގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލޭގެ މަގުތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނު (އެޗްޑީސީ) އިން ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފިއެވެ.

Ads by Sosun Fihaara

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަގުތަކުގައި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ގާއިމުކުރުމުގެ ގޮތުން ހުޅުމާލެ ނިރޮޅުމަގާއި އަދި އެހެނިހެން މަގުތައް ހަތަރު ލޭނަކަށް ބަހާލައިގެން އެއްފަހަރާ ހަތަރު ވެހިކަލް އެއް މަގުން ދުއްވޭނެ ގޮތަށް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލެގައި ބައިސިކަލް ލޭންއެއް ކަނޑައެޅުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ބައިސްކަލަކީ ވަރަށް ސްޕީޑް ދަށްކޮށް ދުއްވާ އުޅަދެއް ކަމަށް ވުމާއެކު ބާރު ސްޕީޑުގައި ދުއްވާ އެހެނިހެން އުޅަދުތަކަށް ދަތިނުވާ ގޮތަށް މަގުގެ އެއްފަޅިން ބައިސިކަލް ދުއްވުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުން ކަމަށެވެ.

އެގޮތުން ބައިސިކަލް ދުއްވާ ރޫޓު ފާހަގަކުރުމުގެ ގޮތުން ނޫކުލަ، ބައިސްކަލް ލޭނަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެގައި ގިނަ މީހުން އާބާދުވުމާއި ގުޅިގެން ދުނިޔޭގެ ސްޓޭންޑަޑަށް ހުޅުމާލޭގެ މަގުތައް ގެނައުމަށާއި ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މި ބަދަލަކީ މުހިންމު ބަދަލެއް ކަމަށެވެ.

  1. އާމްދަނީ

    ފެންފެނުމައްބަލާއިރުު ތީގެންވެސްް ޖޫރިމަނާކޮއްގެންް ބޮޑުއަަމްދަނީއެއްް ސަރުކާރުންނަގާނެެ މިހާރުލިބޭކޮންމެދަރިއަކައްް ދޭންބުނިި ބަޖިޔާކޮތަޅުު ނުދީީ އެފެށީީ އުފަންވާކޮންމެދަރިއަކުު ސަރުކާރައްް 10000ރރުފިޔާދޭންމަޖުބޫރުވާާ ގާނޫނުތައްް މީގެއިތުރުންވެސްް ޖީއެސްޓީއާއިި ޓީޖީއެސްޓީީ ބޮޑުތަނުންް ބޮޑުކޮއްަ ފެނާއިކަރަންޓައްް މީގެކުރީސަރުކާރުތަކުންދެމުންގެންދިޔަަ ސަބްސިޑީތައްް އުވާލާާ ހުސްނުވާއާސަންދައާާ އެންސްޕާވެސްް ޕާޓީހިންގުމައްް ބޭނުންކުރާާ އޯޕަންފަންޑަކައްބަދަލުކުރަންް ވެދާނެެ މިހާރުމޯގޭޖްކުރާނެެ އެއްވެސްޗެއްވެސްނެތީކަމައްް އަޑުތައްް ެިވޭގޮތުގަަ ސަރުުކާރުގެެ ފުރާޅުލީީ ހުރިހާތަނެއްް މޯގޭޖުކޮއްނިންމައިފިި މިހާރުއިތުރަކައްް މޯގޭޖުކުރެވޭނެެ ބަސްހުއްޓިއެއްވެސްް އެހެންއެއްޗެއްވެސްް ނެތްކަމައްް އަޑުތައްފެތުރެނީީ ހުރިހިތާމައެއްގެެ ބޮޑުކަމާއެވެެ މިގައުމުު އެންމެހާާ އަނިޔާވެރިންނާާ ގައްދާރުންނާާ ޚާއިނުންގެެ ކިބައިންް ރައްކާތެރިކޮއްދެއްވާާ ސަލާމަތްކޮއްދެއްވާންދޭވެެ އާމީންް