ހުޅުމާލޭ ސިނާއީ ސަރަހައްދުގެ އިމާރާތްތައް 8 ބުރިއަށް ނެގޭ ގޮތަށް ހަދައިފި

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ހަ ބުރި އަށް އިމާރާތްކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އަށް ބުރި އަށް އިމާރާތްކުރެވޭ ގޮތް ހަދައިފިއެވެ.
އެޗްޑީސީން ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވެ ވިޔަފާރިތައް ގިނަވަމުން ދާއިރު ވިޔަފާރިތަކަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ގާއިމްކުރުމަށްޓަކައި ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި މިހާރު ކަނޑައަޅާފައިވާ އިމާރާތްކުރުމުގެ އުސްމިނަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
މި ބަދަލާއެކު އިންޑަސްޓްރިއަލް ސަރަހައްދަށް ބޮޑުވެފައިވާ ޑިމާންޑަށް ހައްލެއް ހޯދައިދެވޭނެ ކަމަށާއި ހުޅުމާލޭގައި ހިންގާ ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. މީގެ އިތުރުން އިންޑަސްޓްރިއަލް ބޭނުންތަކަށް ކަނޑައަޅާފައިވާ ފްލޯ ސްޕޭސްވެސް އިތުރުވެގެންދާނެއެވެ.
ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގެ ފުރަތަމަ ބުރީގައި ވިޔަފާރިކުރުމުގެ ހުއްދަ ދޭން ވެސް އެޗްޑީސީން މިދިޔަ ހަފުތާގައި ވަނީ ނިންމާފައެވެ.
ސަރުކާރުގެ ބޮޑު މީހެއްގެ ގެއެއް 8 ބުރިޔަށް ނަގަން ޖެހުނީ!!!! ޔާމީނުގެ ގެ 17 ބުރިޔަށް ހަދަން ބޭނުންވީމަ ފުރަތަމަ 25 ބުރީގެ ހޮސްޕިޓަލު އެޅީ!!! ޜައްޔިޔިތުން ގުނބޯހެދިފަ…އެޅިހާ ބަތަކަށް ރިހަ…