މިރޭ އާޖެންޓީނާއާއި ނެދަލޭންޑްސް ބައްދަލުކުރި މެޗް 4-3 ނަތީޖާއަކުން އާޖެންޓީނާ އިން ކާމިޔާބުކޮށްފައެވެ.
އާޖެންޓީނާއިން މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައެވެ. މިއީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ނަހުއެލް މޮލީނާ ޖެހި ލަނޑެކެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން މާކޮސް އަކޫނާއަށް ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީޒް ކުރި ފައުލަކާ ގުޅިގެން އާޖެންޓީނާއަށް ޕެނަލްޓީއެއް ވަނީ ލިބިފައެވެ.
73ވަނަ މިނެޓުގައި ޕެނަލްޓީ ކާމިޔާބުކޮށް، އާޖެންޓީނާއަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ.
އޭގެ ފަހުން ނެދަލެންޑްސް އިން ވަނީ ގޯލެއް ޖަހައިފައެވެ. މި ގޯލު ކާމިޔާބު ކުރީ ވޫޓް ވެގްހޯސްޓްއެވެ. އަދި އިތުރު ގަޑީގައި ލިބުނު ފުރުސަތަކުން ނެދަލެންޑްސް އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. އިތުރު ވަގުތުގެ ފަހު 15 މިނެޓުގެ ކުޅުން ނިންމާލުމަށް ފަހު ޕެނަލްޓީގައި އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ދެ ޕެނަލްޓީއެއް ހުއްޓުވާފައިވެއެވެ.
އާޖެންޓީނާގެ އެންޒޯ ފެރްނާންޑޭޒް ނޫން، ޕެނަލްޓީ ޖެހި އެހެން ހުރިހާ ކުޅުންތެރިންވެސް ޕެނަލްޓީ ކާމިޔާބު ކުރިއެވެ. އެންޑޯ ފެރްނާންޑޭޒް ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.
މި މޮޅާއެކު އާޖެންޓީނާއިން މުބާރާތުގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ.
ކަހާލީތ ސެމީނުފައިނަލ ނުކުޅެ ކިހިނެއ ފައިނަލައ ދާނީ