ފުޓްބޯޅަ

މޮރޮކޯގެ ގިނަ ސަޕޯޓަރުން ޤަތަރަށް ނުދެވި މާޔޫސްވެފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ގަތަރަށް ދަތުރުކުރަން އޮތް ފްލައިޓް ފަހު ވަގުތު ފްލައިޓް ކެންސަލްކުރުމުން މޮރޮކޯގެ އެތައް ސަތޭކަ ފުޓުބޯޅަ ސަޕޯޓަރުން ގަތަރަށް ދެވޭ ގޮތް ނުވެއްޖެއެވެ.

Ads by STELCO

ފްރާންސާ ދެކޮޅަށް ކުޅޭ މެޗަށް ސަޕޯޓަރުންނަށް ހިލޭ 13،000 ޓިކެޓް ދޭނެ ކަމަށް މޮރޮކޯގެ އެފްއޭ އިން ވަނީ ނިންމާފައެވެ. އެއާއެކު ގިނަ އަދަދެއްގެ ސަޕޯޓަރުން ގަތަރަށް ދާން ވަނީ ނިންމާފައެވެ.

ބުދަ ދުވަހުގެ ރޭ ފްރާންސާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗަށް ސަޕޯޓަރުން ގަތަރަށް ދިއުމަށް އެހީތެރިވުމުގެ ގޮތުން ރޯޔަލް އެއާ މެރޮކް އިން އިތުރު 30 ފްލައިޓެއްގައި ޖައްސާނެ ކަމަށް ކުރިން ބުނި ނަމަވެސް ޝެޑިއުލް ކޮށްފައި ވަނީ އެންމެ 14 ފްލައިޓެވެ.

ނަމަވެސް މިއަދު ގަތަރުގެ އޮފިޝަލުން ވަނީ ފްލައިޓުތަކަށް ހުރަސް އަޅާފައިވާ ކަމަށް ރޯޔަލް އެއާ މަރޮކް އިން ބުނެއެވެ.

"ގަތަރުގެ ކަމާބެހޭ ފަރާތްތަކުން އެންމެ ފަހުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ރޯޔަލް އެއާ މެރޮކް ކެންސަލްކުރިކަން ކަސްޓަމަރުންނަށް އަންގަން" އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ގަތަރުގެ އޮފިޝަލުން އެ އެއާލައިނަށް ދަތުރުތައް ހުއްޓާލަން އެންގީ ކީއްވެގެން ކަމެއް ނޭނގޭ އިރު، ސަރުކާރުގެ ސެންޓްރަލް ކޮމިއުނިކޭޝަން އޮފީހުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ސެމީ ފައިނަލް މެޗްގައި މިރޭ ރާއްޖޭ ގަޑިން 12 ޖަހާއިރު މޮރޮކޯ ބައްދަލު ކުރާނީ މިދިޔަ ވޯލްޑް ކަޕްގެ ޗެންޕިއަން ފްރާންސްއާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!