ފުޓްބޯޅަ

ގޯޓްގެ ބަހުސް ނިނުމަކަށް، ވޯލްކަޕް ޗެންޕިއަންކަން މެސީގެ އާޖެންޓީނާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަހަރުގެ ވޯލްޑްކަޕްގެ ޗެންޕިއަންކަން އާޖެންޓީނާއިން ހޯދައިފިއެވެ. އާޖެންޓީނާއިން މުބާރާތުގެ ޗެންޕިއަންކަން ހޯދީ މިދިޔަ ވޯލްޑްކަޕްގެ ޗެންޕިއަން ފްރާންސް ޕެނަލްޓީން ބަލިކޮށެވެ.

Ads by MWSC

މި އަހަރުގެ ވޯލްޑްކަޕް އާޖެންޓީނާއިން ފެށީ، ސައުދީ އަތުން ހައިރާން ކުރަނިވި ގޮތަކަށް، 2-0ގެ ނަތީޖާއަކުން ބަލިވެގެންނެވެ. އޭގެ ފަހުން މެކްސިކޯއާއި ޕޮލެންޑް ގްރޫޕް ސްޓޭޖްގައި ބަލިކޮށް، ކުއާޓާގައި ނެދަލެންޑްސް ބަލިކޮށްފައެވެ. ސެމީގައި ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، ކްރޮއޭޝިއާ ބަލި ކުރީ 3-0ގެ ނަތީޖާއަކުންނެވެ.

އާޖެންޓީނާ އެންމެ ފަހުން ފައިނަލްގައި ކުޅެފައިވަނީ 2014 ވަނަ އަހަރުއެވެ. އެ އަހަރު ފައިނަލްގައި ޖަރުމަނު އަތުން ވަނީ ބަލިވެފައެވެ.

ކެރިއަރުގައި އެހެން ހުރިހާ ކާމިޔާބީއެއް ހޯދާފައިވާ މެސީއަށް ނުހޯދި އޮތް ހަމައެކަނި ތަށި، ވޯލްޑް ކަޕް ތަށި މިރޭ ހޯދިއިރު، މިރޭގެ މެޗްގައި މެސީގެ ދެ ގޯލެއް ވަނީ ފެނިގެން ވަނީ ގޮސްފައެވެ.

މެޗުގެ ފުރަތަމަ ގޯލް ފެނިގެން ގޮސްފައިވަނީ މެޗުގެ 21 ވަނަ މިނެޓްގައި މެސީގެ ޕެނަލްޓީއަކުންނެވެ. އާޖެންޓީނާއަށް ޕެނަލްޓީ ލިބިފައިވަނީ ޑި މަރީއާއަށް ފްރާންސްގެ ޑެމްބެލޭ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ކުރި ފައުލްއަކާ ގުޅިިގެންނެވެ.

މެޗުގެ 36 ވަނަ މިނެޓްގައި އާޖެންޓީނާއިން ވަނީ އިތުރު ގޯލެއް ޖަހާ، ލީޑް ފުޅާކޮށްފައެވެ. އެ ގޯލް ކާމިޔާބުކޮށްދީފައިވަނީ ޑި މަރީއާއެވެ. އެއީ ކައުންޓާ އެޓޭކެއްގައި އަރާ ޖެހި ގޯލެކެވެ.

މެޗުގައި ދެން ފެނިގެން ދިޔައީ ފްރާންސްގެ ގޯލެކެވެ. އެއީ ޕެނަލްޓީއަކުން 81 ވަނަ މިނެޓްގައި ޖެހި ގޯލެކެވެ. ޕެނަލްޓީ ކާމިޔާބު ކުރީ ފްރާންސްގެ ފޯވާޑް އެމްބާޕޭއެވެ. އޭގެ މިނެޓެއް ފަހުން އަނެއްކާވެސް އެމްބާޕޭގެ ގޯލެއް ވަނީ ފެނިގެން ގޮސްފައެވެ.

ދެން ލަނޑެއް ފެނިގެން ދިޔައީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފްގައެވެ. މެޗުގެ 108 ވަނަ މިނެޓްގައި ލަނޑު ޖަހާދީފައިވަނީ މެސީއެވެ. މެސީގެ ލަނޑަކީ ރީބައުންސް ގޯލެކެވެ. ފުރަތަމަ ހަމަލާ އުފައްދާފައިވަނީ މާޓިނޭޒެވެ.

މި ވޯލްޑް ކަޕްގައި މެސީ ވަނީ ހަތް ގޯލު ޖަހާފައެވެ. އޭގެ ތެރެއިން ހަތަރު ގޯލަކީ ޕެނަލްޓީއެވެ. މެސީއަކީ އާޖެންޓީނާގެ ތާރީޚްގައި ވޯލްޑްކަޕްގައި، އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

އެމްބާޕޭގެ އިތުރު ގޯލެއް 118ވަނަ މިނެޓްގައި ވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ ނަތީޖާ ހަމަހަމަ ވެގެން ދިޔައީ އެމްބާޕޭގެ ޕެނަލްޓީއަކުންނެވެ، މިރޭގެ މެޗުގެ ތިން ގޯލާއެކު، މިއަހަރު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ އެމްބާޕޭއެވެ.

ޕެނަލްޓީގައި އެންމެ ފުރަތަަމަ ފްރާންސްގެ އެމްބާޕޭ ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު މާޓީނޭޒް އަތުގައި ޖެހިފައެވެ. އާޖެންޓީނާގެ ފުރަތަަމަ ޕެނަލްޓީ މެސީ ކާމިޔާބުކުރިއެވެ. ފްރާންސްގެ ދެ ވަނަ ޕެނަލްޓީ ކޯމަން އަށް ކާމިޔާބު ނުކުރެވުނެވެ. އާޖެންޓީނާގެ ދެ ވަނަ ޕެނަލްޓީ ޕައޮލޯ ޑިބާލާ ވަނީ ގޯލުގެ މެދަށް ވައްދާލައި އެ ޓީމަށް ލީޑުނަގައިދީފައެވެ.

ފްރާންސްގެ ތިން ވަނަ ޕެނަލްޓީ އައުރެލިން ޗުއަމެނީ އަށް ކާމިޔާބު ނުކުރެވުނެވެ. އާޖެންޓީނާގެ ތިން ވަނަ ޕެނަލްޓީ ލެއަންޑްރޯ ޕަރޭޑޭސް ވަނީ ގޯލަށް ވައްދާފައެވެ. ހަތަރު ވަނަ ޕެނަލްޓީ ޖަހަންދިޔަ މޮންޓިއެލް ގޯލަށް ބޯޅަ ވައްދާލައި، އާޖެންޓީނާ އަށް ޗެމްޕިއަންކަން ހޯދައިދިނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!