ކުޅިވަރު

މޮރޮކޯގެ ޓީމު އައުމުން މަގުތައް ފުރާލައިފި، މެޑަލް ދިނީ ކުޅުންތެރިންގެ މައިންގެ ހާޒިރުގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޤަތަރުގައި މި އަހަރު އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުގެ ކްރޮއޭޝީއާ އަތުން ބަލިވެ، ހަތަރު ވަނަ ހޯދި މޮރޮކޯ ޓީމު ޤައުމަށް ގޮސްފިއެވެ.

މުބާރާތަށް ފަހު މޮރޮކޯ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެނބުރި ޤައުމަށް ގޮސްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

ޤައުމީ ޓީމަށް މަރުޙަބާ ކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މޮރޮކޯގެ މަގުތަކަށް ނިކުމެފައެވެ.

މޮރޮކޯ އަކީ ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ނަތީޖާ ހޯދި އެފްރިކާގެ ޤައުމެވެ. ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް ވެސް ބަލިކުރުމަށް ފަހު މޮރޮކޯ މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލި ނުވެ، ގުރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. މުބާރާތުގެ ގަދަ 16 ގައި ސްޕެއިން ކަޓުވާލުމަށްފަހު، ކުއާޓާ ފައިނަލްގައި ޕޯޗުގަލް ބަލިކޮށް މޮރޮކޯ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ސެމީ ފައިނަލްގައި ބަލިވީ ފްރާންސް އަތުންނެވެ.

މޮރޮކޯ އިން ހޯދި ކާމިޔާބީ ފާހަގަކޮށް، އެ ގައުމުގެ ރަސްގެފާނު މުހައްމަދު ހަ ވަނަ، ޝާހީ ގަނޑުވަރުގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކުޅުންތެރިންގެ މައިންނާ ވެސް ބައްދަލު ކުރައްވައިފައެވެ. އަދި ޝަރަފުގެ މެޑަލް ވެސް ވަނީ އަރުވާފައެވެ.

  1. ސެމީ

    ސެމީގައި ކްރޮއޭޝިޔާ އަތުން ބަލިވީ … ނޮޓް ފަރާންސް ބްރަދަރ