Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކަނޑުހުޅުދޫން ފުރައިގެން ދިޔަ ލޯންޗެއް ދެފަޅިވެ، ބަޔަކު ކަނޑުވެއްޖެ

ގއ. ކަނޑުހުޅުދޫން ފުރައިގެން އެ އަތޮޅުގެ ރަށަކަށް ދިޔަ ލޯންޗެއް ދެފަޅިވެ، ބަޔަކު ކަނޑުވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗުގައި އެވަގުތު ތިބީ 2 މީހުންނެވެ. ލޯންޗު ފަޅައިގެން ދިޔުމާއެކު ދެ ފަޅުވެރިންވެސް ވަނީ މޫދަށް ފުންމާލާފައެވެ. އަދި ލޯންޗު މިހާރު ވަނީ އަޑިއަށްގޮސްފައެވެ.

މިކަމާ ގުޅޭގޮތުން ކަނޑުހުޅޫ ކައުންސިލުން “ދެން”އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެމްއެންޑީއެފަށް އެ ހާދިސާގެ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި ލޯންޗުގެ ފަޅުވެރިންގެ އިތުރު މަޢުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ގއ. ދާންދޫއިން އެ ދެ މީހުންނަށް މިހާރު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ދާންދޫ ކައުންސިލުން ވިދާޅުވީ ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް