ވެރިކަމަށް އާދެވުނީ މާތް ﷲގެ އިރާދަފުޅާއެކުގައި ކަމަށާއި ވެރިކަމަކީ އެފަރާތުން ދެއްވާ އެއްޗެއްކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިޔާ އިބްރާޙިމް މުހައްމަދު ޞާލިހް އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓަށް ރައްދު ދެއްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ޞާލިހް މިރޭ ހުޅުމާލެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިމަގާމަށް އާދެވުނީ އެންމެ މީހެއްގެ ވޯޓާއެކުގައި ނޫން ކަމަށެވެ.
"މިއަދު އަޅުގަނޑަށް ފާހަގަވީ ނޫހެއްގައި އޮތީ. ވެރިކަން ދިނީވެސް ތިމަންނައޭ. ވެރިކަން ބަދަލު ކުރާނީވެސް ތިމަންނައޭ ވަރަށް ފުންކޮށް ވިސްނާލަން އެބަ ޖެހޭ. ކާކަށްތޯ އެހެން މީހަކަށް ވެރިކަމެއް ދެވޭނީ ވެރިކަން ބަދަލު ކުރެވޭނީ އަޅުގަނޑު ހިތުން އިންސާނުންނަށް ﷲގެ އަޅުންނަށް އޮންނަ ކަމަކީ މަސައްކަތް ކުރުން ވެރިކަމަކީ އެފަރާތުން ދެއްވާ އެއްޗެއް އަޅުގަނޑު މިމަގާމުގައި މިހުރީ މިމަގާމަށް މިއާދެވުނީ ﷲ ގެ އިރާދަ ފުޅާއެކު އެތައް ބައެއްގެ ތާއީދާއި އެތައް ބައެއްގެ ވޯޓާއެކު އެންމެ މީހެއްގެ ތާއީދާއެކުއެއްނޫން" ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވީ ޕްރައިމަރީގެ ކެމްޕެއިނަށް ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވާދަވެރި ކެންޑިޑޭޓް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ލައްޒަތާއި އިއްޒަތް ލިބެން ފެށުމުން ވެރިކަމުން ދުރަށް ޖެހިވަޑައިގަންނަވަން އުނދަގޫވެދާނެ ކަމަށާއި ރައީސް ޞާލިޙަށް އެއްވެސް ތާއީދެއް ނެތްް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައީސް ޞާލިޙް އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގަތީ 18 މަސް ދުވަހަށް ކަމަށާއި ނަޝީދު ވެރިކަމުގައި ހުންނަތަން ދެކެން ބޭނުން ކަމަށް ވިދާޅުވި ކަމަށެވެ.
ޞާލިޙު އެ ހެދީ ތެދު. ނަޝީދު އެ ހެދީ ދޮގު..
ވެރިކަން އެއީ ހެއްދެވިފަރާތުން ދެއްވި އެއްޗެއްކަމަށް އިބޫ ޤަބުލުކުރާކަން އިބޫގެ ޢަމަލުތަކަކުން ނުފެނޭ