އަންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކޯލިޝަން ނުހައްދަވާނެ ކަމަށާއި އެކަމާއި ކަންބޮޑުވެ ބިރުގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕޭންޓީމުން ބުނުމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިހާރު ހުވަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ.މާމެންދޫގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ބޭއްވި ޖަލްސާގައި ވިދާޅުވީ ރައީސް ޞާލިހު ކޯލިޝަން ހައްދައިވައިގެން އުޅުއްވަނީ މާބިރުވެރި ފަރާތްތަކާއި އެކުގައި ކަމަށެވެ.
"އިއްތިހާދު ހަދައިގެން މި ތިބީ ރައީސް މައުމޫނާ އެކީ. ދެން އިއްތިހާދުގެ އަނެއް މެމްބަރަކީ ޝޭހު އިމްރާން . ދެން އަޅުގަނޑު މި ވާހަކަ ދިގުކޮށް ދައްކާނެ ކަމެއް ނެތް މި ތަނުގައި. ބިރުވެރީ ކޮންކަމެއްތޯ؟" ނަޝީދު ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބިރުވެރީ އެމްޑީޕީގެ ސިޔާސަތެއް ނުހިންގާފާނެތީއާއި އެ ނޫން އެއްވެސް އެހެން ކަމެއް ބިރުވެރިނޫން ކަމަށެވެ. އަދި ބިރުވެރީ ނިކަމެތިކަން އަޅުގަނޑުމެންގެ ރައްޔިތުންނަށް ފޯރަމުންދާ ކަމުން ކަމަށާއި އެ މީހުންނަށް ހަށިފޮޅާލާފައި ނުތެދުވެވޭ ކަމުންކަމަށް ނަޝީދު ވިދާޅުވީއެވެ.
ނަޝީދު ވަނީ 18 މަސްދުވަސް ޓިނު ގޮޅިއެއްގައި ބަންދުކޮށްގެން ގެންގުޅުނީ ޔާމީނު ނޫން ކަމަށް ވިދާޅުވެ އެދުވަސްތަކުގެ ހަނދާން އާކުރައްވާފައެވެ.
ސާބަހޭ، ރ.ނަޝީދު، ހައްގުބަސް ބުނުމުގާ ފަހަތަށްޖެހި ވަޑައިނުގަންނަވާ، ތިޔަވިދާޅުވީވެސް ހަގީގީ ތެދުފުޅެއް،
ތިތާ ނެތް ރަނގަޅު އެކަކުވެސް. ދެ ހިޔަޅުތީ… ޜައްޔިތުންނަށް ދައްކަން އުޅެނީ އަންނި އަންނިއަކީ އިދިކޮޅު ކެނޑިޑޭޓު ކަމަށް. ކޯލިޟަން ފޮޓޯގަ ފެންނަނީ ނަޝީދުއާ ވައްތަރު މީހެއް ރީންދޫ ޓައީއެއް ކަރުގަ އަޅައިގެން ހެވިފަ ހުއްޓާ
ސާބަހޭ ނަޝީދު ޔާމީނުނޫޅޭ ނަޝީދުއާގުޅޭކައް
ޔާާނުގެެ ވާހަކަ މާގިނައިން މިދައްކާނީ ކީއްވެބާ؟
މީހަމަ ފައްކާ ވަލުހިޔަޅެއް