Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ޢަލީ ރަމީޒު ޝެއިޚް ޒައިދަށް: މީހުން ލައްވައި އަވަގުރާނަ ގޮއްވަން ނޫޅޭ

ޢަލީ ރަމީޒު ޝެއިޚް ޒައިދަށް: މީހުން ލައްވައި އަވަގުރާނަ ގޮއްވަން ނޫޅޭ
މުސްލިމުންގެ ތެރޭގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުން ހުއްޓާލެއްވުމަށާއި މީހުންލައްވާ އަވަގުރާނަ ގޮއްވަން ނޫޅުމަށް ދީނީ ކަންކަން ފެތުރުމުގައި ހަރަކާތްތެރިވަމުން އަންނަ އަލީ ރަމީޒު، ޝެއިޚް އަލީ ޒައިދަށް ގޮވާލައްވައިފިއެވެ. ޝެއިހް ޢަލީ ޒައިދު ޓެގު ކުރައްވައި، އަލީ ރަމީޒު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ޝެއިހް އަލީ ޒައިދު އިސްލާހު ވުމަށް އެދިވަޑައިގެންފައެވެ.
"މުސްލިމުންގެ ތެރޭގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުން ހުއްޓާލާށެވެ. މީހުން ލައްވާ އަވަގުރާނަ ގޮއްވަން ޖެއްސުމުގެ ރާގަށް ސެލްފީތަކާއި ޓްވީޓްތައް ކޮށް ނުހަދާށެވެ. އިލްމުވެރިންނަކީ އަބަދުވެސް މީސްތަކުންނަށް ނަސޭހަތްތެރިވާ ބަޔެކެވެ. އިސްލާހު ވާށެވެ" އަލީ ރަމީޒު ވިދާޅުވިއެވެ.
ޢަލީ ރަމީޒު މިހެން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ގިނަ ބަހުގެ ހަމަލާއާއި ފާޑުކިޔުންތައް ކިޔުއްވާ ޝެއިޚް އަލީ ޒައިދު ޓްވީޓް ކުރައްވަމުން އަންނަ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ޝައިޚް އަލީ ޒައިދު އަންނަނީ ވަރަށް ގިނައިން ސިޔާސީ ޓްވީޓްތައް ވެސް ކުރައްވަމުންނެވެ. އަދި ސިޔާސީގޮތުން ޚިޔާލުތަފާތުވާ ފަރާތްތަކަށް އަމާޒުކޮށް އޭނާ ގެންދަވަނީ ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް