Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އައްޑުއަށް ފަހު، ރައީސް ނަޝީދު ކެމްޕޭނަށް ފުއްމުލަކަށް!

އައްޑުއަށް ފަހު، ރައީސް ނަޝީދު ކެމްޕޭނަށް ފުއްމުލަކަށް!

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް މުޙައްމަދު ނަޝީދު ފުވައްމުލަކަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން މަޢުލޫމާތު ދެއްވާގޮތުގައި އެމަނިކުފާނު ފުވައްމުލަކަށް ވަޑައިގަންނަވާނީ މާދަމާ މެންދުރުފަހު 14:00 ގައެވެ.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދު މިހާރު ދަނީ ކެމްޕޭނަށް އައްޑޫ ސިޓީއަށް ދަތުރު ކުރައްވަމުންނެވެ.

Advertisement
Allied — Dhen Online (box)

މިގޮތުން މިއަދުވަނީ ސ. މަރަދޫއަށް ވަޑައިގެން އެރަށުގައި މަސްވެރިންގެ ޖަގަހަ ހުޅުވައިދެއްވުމަށް އެރަށުގެ އެމްޑީޕީ މެމްބަރުންނާއި އެމަނިކުފާނު މިއަދު ވަނީ ބައްދަލު ކުރައްވައިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުއާ ވާދަކުރައްވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

އެމަނިކުފާނުވެސް އަންނަނީ ކެމްޕޭނަށް އެކި ރަށްރަށް ދަތުރުކުރައްވާ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވަމުންނެވެ.

މިގޮތުން ރައީސް ޞާލިހް މިހާރު ގެންދަވަނީ ކެމްޕޭނަށް އަރި އަތޮޅަށް ދަތުރު ކުރައްވާ ރައްޔިތުންނާއި ބައްދަލު ކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް