ޚަބަރު ސިޔާސީ

ވޭތުވެ ދިޔަ 40 އަހަރު ނުކުރާހައި މަސައްކަތް، މިދިޔަ 4 އަހަރުގެ ތެރޭގައި މިދަނީ ކުރަމުން: ރައީސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ވޭތުވެ ދިޔަ 40 އަހަރު ނުކުރާހައި ގިނަ މަސައްކަތް މިދިޔަ 4 އަހަރުގެ ތެރޭގައި ގެންދަވަނީ ކުރައްވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

Ads by MWSC

"އެމްޑީޕީ ކުރިއަށް" ނަމުގައި އެމަނިކުފާނު ކުރެއްވި ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމަވައިލެއްވުމަށް މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ގެނެސްދެއްވާ ތަރައްގީގެ ވާހަކަ ދައްކަވަނީ އެމަނިކުފާނު އަދި އެމަނިކުފާނާއެކު ރަށްރަށަށް ވަޑައިގަންނަވާ ޓީމުތައް ނޫންކަމަށެވެ.

"މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެ 30 40 އަހަރު ނުކުރާހާ މަސައްކަތް ވޭތުވެ ދިޔަ 4 އަހަރު ތެރޭގައި މިދަނީ ކުރެވެމުން އަޅުގަނޑު މިކުރާ ދަތުރުތަކުގައި މިވާހަކަ ދައްކަނީ އަޅުގަނޑެއް ނޫން އަޅުގަނޑާއެކީގައި ދާޓީމްތަކަކުން ނޫން. ރަށްރަށުގެ ރައްޔިތުން ތިމަންނަމެންނަށް މިވޭތުވެ ދިޔަ 40 އަހަރުގެ ތެރޭގައި ނުލިބޭވަރުގެ ތަރައްގީ މިއަދު މިސަރުކާރުން އެބަ ގެނެސްދޭ އިއްޔެ އަޅުގަނޑު ދިޔައީ އއ، މާޅޮހަށް އެރަށުންވެސް ބުނީ އެހެން. ދަނގެއްޗައް އަޅުގަނޑު ދިޔައިން ހަމަ އެއްވާހަކައެއް" ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ޕްރައިމަރީގައި އެމްޑީޕީގެ އާންމު މެމްބަރުންނާއި ބައްދަލުކޮށް އެބޭފުޅުން ބޭނުންވަނީ ކޮންގޮތެއްތޯ އެއްސެވުމުން ތަރައްޤީއާއެކު ކުރިއަށް ދާން ބޭނުންވާ ކަމަށް މެމްބަރުން ބުނަމުން އަންނަކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއަށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެމަނިކުފާނަށް ރިޔާސީ ޓިކެޓް ލިބުން ކަން އެމްޑީޕީ މެމްބަރުންނަށް އެނގޭކަމަށާއި ކޯލިޝަނަކާއި ނުލައި ވެރިކަން ނުލިބޭނެ ކަން އެމްޑީޕީގެ މެމްބަރުން ޤަބޫލުކުރައްވާކަމަށެވެ.

Ads by Allied Insurance
  1. ސަޅިބެ

    ތެދެއް ވޭތުވެދިއަ ސާޅީސް އަހަރު ނުކުރާ ވައްކަން އަނިޔާ، ކޮރަޕުތު ، ޖެއްސުން ގައުމު ވީރާނާ، ގައުމު އަޅުވެތި ، ގައުމު ބަނގުރޫޓު ގައުމު ފަނާ، ރައިއްޔަތުން ބިކަ، މާތްވެގެން އިސްލާދީނަށާ ރަސޫލު ސއވ އަށް ފުރައްސާރަ، ޑުރަގާ ބަނގުރާ، ގައުމު އަޅުވެތި ކުރުން މިސއކިތްތަކުގެޙުރުމަތް ކެނޑުން މިސްކިތްތައް ބަނދުކުރުން އޮރިޔާމާ މަގުމަތީ ހިނގުން، ޒިނޭ އާއްމުވުން، މީހުންގެ ޅަ ދަރީން ރޭޕުކުރުން ވަޅިހަރާ މީހުން މެރުން ވީނުވީއެއްނޭގޭ މަރުތައް އިތުރުވުން، .ީހުން ހިފާ ހއްޔަރު ކުރުން ދޮގު ދައުވާކޮށް ހަރާމް ހުކުންކުރުން، މިސްކިތްތަކަށް ބޮޑުކަމު ދިއުން، ކީރިތި ގުރުއާނަށް ރަތްކުޅު ޖެހުން، މީހަމަ ވޭތުވެދިއަ ސާޅީސް އަހަރު ނުކުރެވޭ ނުކުރާ ކަންކަން، އަދީ މީގެ ކަމެއް ހުއްޓުވަން ވެސް ނޫޅުން،