ޚަބަރު ސިޔާސީ

އެމްޑީޕީން މިއަދު ތައާރަފްކުރި ޑިމޮކްރަސީއަށް ކިޔަން އެންމެރަނގަޅީ މަރާބަގުޑި ޑިމޮކްރަސީ: އަދުރޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްޑީޕީން މިއަދު ތައާރަފް ކުރީ އާވައްތަރެއްގެ ޑިމޮކްރަސީއެއްކަމަށާއި އެޑިމޮކްރަސީއަށް ކިޔަން އެންމެ ރަނގަޅީ މަރާ ބަގުޑި ޑިމޮކްރަސީ ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެމްޑީޕީން މިއަދު ބޭއްވި ރިޔާސީ ޕްރައިމަރީ އިންތިހާބަށް ފާޑުވިދާޅުވެ އަދުރޭވަނީ ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުން ޑިމޮކްރަސީ ދަސްކުރުމަށް އެމްޑީޕީއަށް ގޮވާލައްވައިފައެވެ.

އެމްޑީޕީން މިއަދު ކުރިއަށް ގެންދިޔަ އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާ ވޯޓް ފޮށިތަކަށް ގެއްލުންދީފައިވާއިރު އިދިކޮޅުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްވެސް ވަނީ އެމްޑީޕީގެ މުސްތަގުބަލާއި ދޭތެރޭ ކަންބޮޑުވެ ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން ނިންމާ ގަޑިޖެހިފައިވާއިރު ބައެއް ވޯޓުފޮށިތައް އަދި ބަންދުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ބައެއް ވޯޓްފޮށިތަކުގެ ނަތީޖާ މިހާރު އައިސްފައިވާއިރު ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!