ތަފާތު ފިކުރުގެ މީހުންނާއެކުގައި ކުރިއަށް ދިޔުމަކީ އެމްޑީޕީގެ އާންމު މެމްބަރުން ރުހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު، އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވަނީ، އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ، ބޮޑު ތަފާތަކުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކާމިޔާބު ކުރެއްވުމުން، އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައި، ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓުގައެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ރައީސް ޞާލިޙަކީ، އެކި ފިކުރުގެ މީހުންނާއެކުގައި މަސައްކަތް ކުރެއްވޭނެ ބޭފުޅެކެވެ.
"ތަފާތު ފިކުރުގެ ގިނަ މީހުން ބައިވެރިކޮށް މަޝްވަރާގެ އުސޫލުން ޤައުމު ހިންގުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތަށް އެމްޑީޕީގެ އާންމު މެމްބަރުންގެ ތާއީދު އޮތްކަން ސާފުވެއްޖެ." މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވިއިރު، މި އަހަރުގެ ރިޔާސީ ރޭހަށް، ކޯލިޝަނަކާއެކުގައި ނުކުންނެވުމުގެ ވިސްނުން ގެންގުޅުއްވާ ކަމާއި، ކޯލިޝަނުގެ ތާއީދުވެސް އެ މަނިކުފާނަށް އެބައޮތް ކަމަށް ރައީސް ޞާލިޙު މީގެ ކުރިން ވިދާޅުވިއެވެ.
އެހެންވެ ކަލޭ މިގައުމުގަ އިސްލާމީ ފިކުރާއި ލާދީނީ ފިކުރު މަސްސުނި ކޮއްގެން ތިޔަ ބަނޑަން އަޅަނީ ކަލެއާއި ޢިޔާޒް އާއި ދެމީހުންނަކީ ދެޣައްދާރުންކަން ރައްޔިތުން ދަނޭ 2018 ގަވެސް ވޯޓުން ަ ވައްކަން ކުރީ 2ެ3 ގަވެސް ވޯޓް އޮޅުވައިގެން ނޫންގޮތަކަށް ގުންޑާއިންނަށް ވެރިކަމެއް ނުލިބޭނެ ޗޯރު އިބޫ ވަގު އިބޫ ވަގު ސޯލިހު
ޢިމްރާން ޢަބްދުﷲ އަކީ ބުރަ ބޮޑު މަސްއޫލިއްޔަތެއްގެ ވެރިއެއް. ޤައުމުގެހަމަޖެހުމާއި ގުޅިފައިވާ ލީޑަރެއް. އުއްމީދަކީ ، އިންސާފު ގާއިމްކުރުމަށް މިހާރަށްވުރެ ބޮޑަށް އިމްރާނު މަސައްކަތް ކުރެއްވުން. ރައީސް ޔާމީނު ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން.