މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެހެން ބަޔަކާ ކޯލިޝަން ހެދުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެއެވެ.
ޝްރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ޕާޓީތަކުގެ ބާރު އިނގެން ޖެހޭ ކަމަށާއި ސަރުކާރު ހިއްސާވާނެ ކިންވަރު ކަނޑައަޅަން ޖެހޭނީ އެކަމަށް ބެލުމަށްފަހު ކަމަށެވެ. އަދި އުފެދޭ ކޯލިޝަނެއްގައި 60 އިންސައްތައަށްވުރެ އެމްޑީޕީގެ ހިއްސާ ބޮޑުވާން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
“ފުރަތަމަ ބުރުގަ ރައީސް ޞާލިޙް ކޯލިޝަން ހެދުމުގެ ބޭނުމެއް ނެތް. އޭރުން ދެން ތިބި ޕޮލިޓިކަލް ޕާޓީތަކުގެ ސްޓްރެންތް އިނގޭނީ. އެޔަށް ބަލާފަ ސަރުކާރުން ހިއްސާވާނެ މިންވަރު ކަނޑައަޅަން ޖެހޭނީ. އުފެދޭ އެއްވެސް ކޯލިޝަނެއްގައި 60% އަށްވުރެ އެމްޑީޕީގެ ހިއްސާ ބޮޑުވާން ޖެހޭނެ” ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ކިފަދައިން ވިދާޅުވިއިރު އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން އެއްވެސް ޕާޓީއަކުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އަދި މިހާތަނަށް ނިންމާފައިވާކަން އަދި އިއުލާންކޮށްފައެއް ނުވެއެވެ.
ދެވަނަ ބުރަށް ގޮސްގެންތާ ދެވަނަބުރުގަ ކޯލިސަނެއް ހެދޭނީ