ޚަބަރު ސިޔާސީ

ވައްޑެގެ ސުވާލެއް: އަދި ކިރިޔާތޯ ކޮރަޕްޝަން ހުއްޓުވުމުގެ މަސްއޫލިއްޔަތު އުފުލަން ތިޔަ އެއްބަސްވެލެއްވީ؟

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން ހުއްޓުވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ފާޑުވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އޭސީސީ އާއި ޕީސީބީގެ އެއްބަސްވުމަށް ފާޑުވިދާޅުވެ ވައްޑޭ ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ މަސްއޫލިއްޔަތު އުފުލަން ތިޔަ އެއްބަސްވީ އަދި ކިރިޔާތޯ ސުވާލު އައްސަވާފައެވެ.

ކޮރަޕްޝަން ހުއްޓުވުމަކީ މިސަރުކާރުގެ ވައުދެއްކަމަށްވާއިރު ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވަނީ ވިދާޅުވެފައެވެ.

ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން ހުއްޓުވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދެމެދު ވީ އެ އެއްބަސްވުމާ ގުޅިގެން އޭސީސީގެ މެމްބަރު ތޯހާ މުހައްމަދު ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުންފުނިތަކާ ގުޅޭ ގޮތުން 883 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު 158 އެންގުމެއް އިސްލާހުކުރަން ކުންފުނިތަކަށް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

Ads by HDC
  1. ހަސޯ

    ތިކަމުގަ ވައްޑެގެ ހިއްސާ ވަކިކުޑައެއްނޫން.

  2. ސިޔާމް

    އެންޓިކޮރޕަޝަން އިން އެކުރަނީ ކުޑަކުދިން އަކުންބަކުން ކުޅޭ ކަހަލަ ވަހާކަ، މިފްކޯއިން ހިނގާފައިވާ 345 މިލިއަން ރުފިޔާގެ ބޮޑު ވައްކަން ދާންދޫ ދާއިރާގެ އެމްޕީ ވަނީ އެކި ކޮފޒިތަކުގައި އެކަމުގެ ކަންބޮޑުވުން ފާހަގަކޮށްފައި