ޚަބަރު ސަރުކާރު

ޕްރެސްތައް ބޭއްވިއަސް ކަރަންޓް ބިލް ނުދައްކާނަމަ އަދިވެސް ކަރަންޓް ކަނޑާލާނަން: ޝަރީފު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މާލޭ ސިޓީ ކައުންސިލުގެ އިމާރާތްތަކުން ކަރަންޓް ކަނޑާލަނީ ކުރިން އެނގުމަކާއި ނުލައި ނޫންކަމަށާއި އެކަމާއި ބެހޭގޮތުން ޕްރެސްތައް ބާއްވައި ވާހަކަ ދެއްކި ނަމަވެސް ކަރަންޓު ބިލް ނުދައްކާނަމަ އަދިވެސް ކަރަންޓު ކަނޑާލާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕަނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަން ޖެހޭ 14.5 މިލިއަން ރުފިޔާ އަވަހަށް ދައްކައި ނިންމުމަށް އެދި ސިޓީ ފޮނުވައިފައިވާނެކަމަށެވެ.

"13 ޖެނުއަރީ 2022 ޖެނެރަލް މެނޭޖަރ ސޮއިކުރައްވާ އޭރުގައި ސިޓީކައުންސިލުން ދައްކަން ޖެހޭ 14.5 މިލިއަން ރުފިޔާ އެބައޮތޭ އަވަހަށް ދައްކާއިދޭށޭ 23 ޖެނުއަރީ އެއްބަސްވުމެއް ހެދީ ސިޓީ ކައުންސިލާއެކު ސްޓެލްކޯއިން. އެ ބޭފުޅުން ދެންނެވީ އެއްފަހަރާ ދައްކަން އުނދަގުލޭ އެހެންވެ ބަހާލައިގެން ދައްކަން 7 ޕޭމަންޓަށް ބަހާލައިގެން ދައްކަން ސޮއި ކުރިން އެއްބަސްވުމާއެއް ގޮތަށް އެއްވެސް ފައިސާ ދައްކާފައެއް ނުވޭ" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އޭގެ ފަހުންވެސް ސިޓީ ކައުންސިލުން ބިލްތަކަށް ފައިސާ ދެއްކުމަށް އެދި ތަކުރާރުކޮށް ސިޓީ ފޮނުވައިފައި ވާނެކަމަށާއި އެހެންނަމަވެސް ފައިސާ އެކައުންސިލުން ދައްކާފައި ނުވާކަމަށެވެ.

އެގޮތުން ސިޓީ ކައުންސިލުން ސްޓެލްކޯއަށް ނުދައްކާ ހުރި ފައިސާގެ އަދަދު މިހާރު މިއަދާއި ހަމައަށް އެކާވީސް މިލިއަން ހަ ލައްކަ އައްޑިހަ ދެހާހަށް ވުރެ މައްޗައް ގޮސްފައިވާކަމަށެވެ.

 

Ads by Ooredoo
  1. ހަސަބް

    ޟިމިނުބާ ނުލަފާ ޖައްބާރު ކިބައިން އަޅަމެން ސަލާމަށް ކުރައްވާށި.މީނައާއި މީނާގެ މުދާ ޤާރޫނުގެ މުދަލައްވި ގޮތައް ވެގެން ދާދުވަހެއް ފެންނާނެ.